ސިޔާސީ

ދިއްގަރު ދާއިރާއަށް އިދިކޮޅު ފަރާތްތަކުން އެއް ކެނޑިޑޭޓަކު ނެރެނީ


ހުސްވެފައިވާ ދިއްގަރު ދާއިރާއަށް އިދިކޮޅު ފަރާތްތަކުން އެއް ކެނޑިޑޭޓަކު ނެރުމަށް ނިންމާފައި ވީނަމަވެސް އެކަމުގެ މަޝްވަރާތަށް އަދި ފެށިފައި ނުވާކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.ދިއްގަރު ދާއިރާއަށް އެއް ކެނޑިޑޭޓަކު ނެރޭނެ ވާހަކަ އަދާލަތު ޕާޓީއާއި އެމްޑީޕީ އަދި ޖުމްހޫރީ ޕާޓީން ބުނެފައި ވާއިރު، އެދާއިރާއަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ، އަދާލަރު ޕާޓީގެ ތަރުޖަމާން އަލީ ޒާހިރު އެކަންޏެވެ.އަލީ ޒާހިރު ވިދާޅުވީ، އެއް ކެނޑިޑޭޓަކު ނެރުމާއިމެދު ގޮތެއް ނިންމުމަށް ވަރަށް އަވަހަށް މަޝްވަރާތަށް ފެށިގެން ދާނެކަމަށެވެ.ދިއްގަރު ދާއިރާގެ އިންތިޚާބަކީ ވާދަވެރި އިންތިޚާބަކަށް ވާނެކަމަށް ގަބޫލްކުރެވޭއިރު، ވެރިކަން ކުރާ ޕީޕީއެމުގެ ޓިކެޓްގައި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ވަނީ 5 ފަރާތަކުން ކުރިމަތިލާފައެވެ.ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 6ވަނަ ދުވަހުއެވެ.