ކުޅިވަރު

އޮރީގީގެ ލަނޑާއެކު ލީގު ހޯދުމުގެ އުއްމީދު ލިވަޕޫލުން ދަމަހައްޓައިފި


މެޗްގެ ފަހުވަގުތު ޑިވޮކް އޮރީގީ ކާމިޔާބުކޮށްދިން ލަނޑުން ލިވަޕޫލް އިގެރޭޝި ޕްރިމިއަރ ލީގް ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ނިއުކާސަލް ޔުނައިޓެޑް އަތުން ލިވަޕޫލް ރޭ މޮޅުވީ 3 ލަނޑު 2 ލަނޑުންނެވެ. މިމޮޅާއެކު ލިވަޕޫލްއަށް ތާވަލްގެ އެއްވަނަ ލިބެނީ 94 ޕޮއިންޓާއެކުއެވެ. ތާވަލްގެ ދެވަނާގައިވާ މެންޗެސްޓަރ ސިޓީއަށް 92 ދެ ޕޮއިންޓް ލިބިފައިވަނީ ލިވަޕޫލްއަށް ވުރެއް އެއް މެޗް މަދުން ކުޅެގެނެވެ.

ލީގްގައި މާދަމާ ރޭ ލެސްޓާ ސިޓީ މެޗް ކާމިޔާބުކޮށްގެން ސިޓީއަށް އަލުން ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. މެޗްގައި ލިވަޕޫލްއަށް ލީޑް ނަގާދިނީ ޕީއެފްއޭ އިން ހޮވި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޑިފެންޓަރ ވާޖިލް ވެންޑައިކެވެ.

ނިއުކާސަލްއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން އަޓްސޫ. ލިވަޕޫލްގެ ކުރީގެ ކޯޗް ރަފާރ ބެނީތޭޒްގެ ނިއުކާސަލް ކޮޅަށް ލަނޑުޖަހާ ފޯވާޑް މުހައްމަދު ސަލާޙްވަނީ ލިވަޕޫލްއަށް ދެވަނަ ފަހަރަށް ލީޑް ނަގާދިނެވެ.

ފުރަތަމަ ހާފް ލިވަޕޫލް ލީޑްގައި އޮވެގެން ނިންމާލިކަމުގައި ވީނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ނިއުކާސަލްގެ ސޮލޮމަން ރޮންޑޮންވަނީ ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުން މޮޅުވި ލަނޑު ޑިވޮކް އޮރީގީ ކާމިޔާބުކޮށްދިނީ ފޯވާޑް މުހައްމަދު ސަލާޙުގެ ބޮލަށް ލިބުނު އަނިޔާއަކާއި ގުޅިގެން ސަލާޙުގެ ބަދަލްގައި ކުޅެން އަރައެވެ. މިލަނޑު ލިވަޕޫލްއަށް ޑިވޮކް އޮރީގީ ކާމިޔާބުކޮށްދިނީ މެޗް ނިމެން 4 މިނެޓްއަށް ވެފައިވަނިކޮށެވެ.

ލިވަޕޫލަށް ލީގުގައި ބާކީ ދެން އޮތީ އެންމެ މެޗެކެވެ. އެއީ ލީގުގެ ހަތްވަނާގައި އޮތް ވޮލްވްސް އާއި ބައްދަލުކުރާ މެޗެވެ.