ވިޔަފާރި

ފުވައްމުލަކު - ރާއްޖޭގެ ފުރަތަމަ ގިގަބިޓް ސިޓީ


އުރީދޫ މޯލްޑިވްސް އިން ފުވައްމުލަކުގައި ގާއިމްކޮށްފައިވާ ފައިބަރ އޮޕްޓިކް ނެޓްވަރކް މެދުވެރިކޮށް، ސުޕަނެޓް ޙިދުމަތް ތައާރަފްކޮށްފިއެވެ.

އުރީދޫގެ ގިގަބިޓް ކޭޕަބަލް ފައިބަރގެ އެހީގައި، ފުވައްމުލަކަކީ މިހާރު ރާއްޖޭގެ ފުރަތަމަ ގިގަބިޓް ސިޓީއަށް ވެފައިވާކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.

ޓެކްނޮލޮޖީ ހަބެއް ގޮތުގައި ކުރިއަރަމުން އަންނަ ފުވައްމުލަކުގެ ޑިޖިޓަލް ބޭނުންތަކަށް ހާއްސަކޮށް ފަރުމާކުރެވިފައިވާ، 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑު ލިބޭ ތަފާތު ބްރޯޑްބޭންޑް ޕެކޭޖުތަކެއް، އުރީދޫ ސުޕަނެޓް މެދުވެރިކޮށް ފޯރުކޮށްދޭނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ސުޕަނެޓް ފައިބަރ ބްރޯޑްބޭންޑް ފުވައްމުލަކުގައި ތައާރަފްކޮށްދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހް ޖަމާލްއެވެ. މި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، އިލްޔާސް އަހުމަދާއި، ފުވައްމުލަކުގެ މޭޔަރ، އަބްދުﷲ ފަލާހް ޝަރީފް އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޙާން ބައިވެރިވެވަޑައިގަތެވެ.

އުރީދޫގެ ސިއީއޯ ނަޖީބް ހާން ވިދާޅުވީ، ފުވައްމުލަކު ސިޓީގެ ޑިޖިޓަލް ކުރިއެރުންތަކަށް އިތުރު އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ގިގަބިޓް ކޭޕަބަލް ފައިބަރ ނެޓްވާކް ގާއިމްކޮށް، ހަލުވި ސްޕީޑުގެ ސުޕަރނެޓް ބްރޯޑްބޭންޑް ފޯރުކޮށްދެވުމީ، އުރީދޫއަށް ލިބުނު ވަރަށްވެސް ބޮޑު އުފަލެއްކަމަށެވެ.

ސުޕަނެޓްގެ ޚިދުމަތް ފުވައްމުލައް ސިޓީއަށް ތަޢާރަފްކުރުމާއިއެކު ޙާއްސަ އޮފަރ ތަކެއްވެސް އުރީދޫއިން ވަނީ ތަޢާރަފްކޮށްފައެވެ.