ޚަބަރު

މިސްޓަ މޯލްޑިވްސްއަކަށް ގިޔާސް


މިއަހަރުގެ މިސްޓަ މޯލްޑިވްސްއަކަށް ގިޔާސް އިބްރާހީމް ހޮވިއްޖެއެވެ. މިސްޓަރ މޯލްޑިވްސް މިމުބާރާތުގައި މީގެ ކުރިން 4 އަހަރު ވާދަކޮށްފައިވާ ގިޔާސް މިފަހަރު ވާދަކޮށްފައިވަނީ އެކްސްޓްރީމް ޖިމްގެ ފަރާތުންނެވެ. ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ މިސްޓަ މޯލްޑިވްސްގެ މަގާމް ގިޔާސް ހޯދިއިރު ގިޔާސްއާއި އެންމެ ކައިރިން ވާދަކޮށްފައިވަނީ މުހައްމަދު މޫސާއެވެ. މިބައިން 3ވަނަ ލިބުނީ މަހްމޫދު ޒިޔާދަށެވެ. އަދި 4ވަނަ ހޯދީ މޫސާ ޖަމްޝީދުއެވެ.

މިސްޓަރ މޯލްޑިވްސްގެ މަގާމް ގިޔާސް ހޯދާފައިވާއިރު ގިޔާސްވަނީ ގައުމީ ބޮޑީބިލްޑިންގ ޓީމުގައިވެސް ހިމެނި އެތައް ފަހަރަކު ރާއްޖެއިން ބޭރުގައި ރާއްޖެ ތަމްސީލްކޮފައެވެ.
ގިޔާސް ވަނީ ދާދިފަހުން ބޭއްވު ވޯލްޑް ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕްގައި އެތްލެޓިކްސް ފިޒީކްސް ކެޓަގަރީގެ 175 ސެންޓިމީޓަރު ބައިން 5ވަނަ ހޯދާފައެވެ. މި އަހަރުގެ މުބާރާތުގެ މިސްޓަ ސްޕޯޓްސް ފިޒިކްގެ ޗެމްޕިއަންކަން ހޯދީ އަޒީން ރަޝާދުއެވެ. މިސްޓަ އެތުލެޓިކް ފިޒިކްގެ ޗެމްޕިއަންކަން ހޯދީ އަހްމަދު ފަޒީލްއެވެ.