ސިޔާސީ

ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ޓިކެޓް ހޯދުމަށް 5 ބޭފުޅެއްގެ ނަން


ހުސްވެފައިވާ
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް ޕީޕީއެމްގެ ޓިކެޓްގައި
ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު، ފަސް ފަރާތަކުން
ކުރިމަތިލާފައިވާކަމަށް އެޕާޓީން ބުނެފިއެވެ. ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް
މުހައްމަދު ޠަލާލް ވިދާޅުވީ، ޕީޕީއެމްގެ ޓިކެޓްހޯދުމަށް ކުރިމަތިލާފައިވާ
ފަރާތްތަކުގެ ތެރޭގައި، ކުރީގެ ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫނާއި،
ހޯމް މިނިސްޓަރގެ ނައިބުގެމަގާމްގައި ހުންނެވި މުހައްމަދު ހާނިމްއާއި، މ.އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރު ހިމެނޭކަމަށެވެ. ޠަލާލް ވިދާޅުވީ،
ދިއްގަރު ދާއިރާގެ ޓިކެޓް ހޯދުމަށް ކުރިމަތިލާފައިވާ ފަރާތްތަކަށް މާކްސް
ދިނުމަށްފަހު ޕްރައިމަރީއެއް ބާއްވަންޖެހޭނަމަ ތާރީޙެއް އަންނަ ހޮނިހިރު ދުވަހުގެ
ކުރުން އިޢުލާންކުރާނެކަމަށެވެ.



ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ދާއިރާގެ މެމްބަރުކަމުގައި
ހުންނެވި އަހުމަދު ނާޒިމްގެމައްޗަށްމަކަރާއިހީލަތްހެދިކަމުގެކުށްސާބިތުވެ
އޭނާ 25 އަހަރަށްޖަލަށްލުމަށް ސްޕްރީމް ކޯޓުންހުކުމްކުރުމުންނެވެ. ދިއްގަރު
ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 28 ވަނަ
ދުވަހުގެ ނިޔަލަށް އެޕްލިކޭޝަން ފޯމް ހުށައެޅުމަށް އިލެކްޝަނުން ވަނީ
ހުޅުވާލާފައެވެ. އަދި އިދިކޮޅު ފަރާތްތަކުންވެސް ވަނީ އެއްކެނޑިޑޭޓަކު
ނެރޭނެކަން އިޢުލާންކޮށްފައެވެ.