ޚަބަރު

ލަންކާގައި މަނާކުރި ސޯޝަލް މީޑިޔާ ސައިޓުތައް ބޭނުންކުރުމުގެ ހުއްދަ ދީފި


ހުސްވި ހަފުތާގެ އާދިއްތަ ދުވަހު ސްރީލަންކާގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު އެގައުމުގައި ސޯޝަލް މީޑިއާގެ ބައެއް ސައިޓްތައް ބޭނުންކުރުން މަނާކުރުމަށްފަހު އެ ޤައުމުގެ ރިޔާސީ އިދާރާއިން، މި ސައިޓްތައް ބޭނުންކުރުމުގެ ހުއްދަ އަލުން ދީފިއެވެ.

އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގެ ތިން ޗަރޗަކާ ހަތަރު ލަގްޒަރީ ހޮޓަލަކަށް އަމާޒުކޮށް ދިން މި ހަމަލާތަކަށް ފަހު ބައެއް ސޯޝަލް މީޑިއާ ސައިޓްތައް ބޭނުންކުރުން މަނާކޮށްފައިވަނީ، ދޮގު ޚަބަރުތައް ފެތުރުން ހުއްޓުވުމަށްކަމަށް ސްރީލަންކާގެ ރިޔާސަތުން އޭރު ބުންޏެވެ. ސްރީލަންކާގެ ރިޔާސީ އިދާރާގެ ފަރާތުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ، އެ ގައުމުގައި ފޭސްބުކް، ވަޓްސްއެޕް އަދި ވައިބަރ ފަދަ ސޯޝަލް މީޑިއާ މަންސަތައް އަލުން ބޭނުންކުރުމުގެ ހުއްދަ ދީފައިވާކަމަށާއި، މިހާރުން މިހާރަށްވެސް، މި މަންސަތައް ބޭނުންކުރަންވީކަމަށެވެ.

ސްރީލަންކާގެ ސަލާމަތީ ބާރުތަކުން ބުނެފައިވަނީ އަދިވެސް މި ފަދަ ހަމަލާތަކެއް ދީފާނެކަމުގެ ޖާސޫސީ މަޢުލޫމާުތު ލިބެމުންދާކަމަށާއި، މިކަމާ މެދު އެ ޤައުމުގެ ރައްޔިތުން ސަމާލުވާންޖެހޭ ކަމަށެވެ.