ވިޔަފާރި

އެކައުންޓްތައް ފްރީޒް ކުރުމާއެކު ބޮޑުގެއްލުމެއްވާނެ - ވިލާ


ވިލާ
ގުރޫޕުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެކަމަށާއި،
އެގްރޫޕަށް ދީފައިވާ ނޯޓިސް ގައިވާގޮތަށް އަންނަ އާދީތަދުވަހު އެކައުންޓްތަށް
ފްރީޒްކޮށްފިނަމަ ވިލާގްރޫޕްގައި މަސައްކަތް ކުރާ މުއައްޒަފުންނާއި،
އެމުއައްޒަފުންގެ އާއިލާތަކުގެ އިތުރުން ވިލާގެ އެކިތަންތަނުން ޚިދުމަތް
ހޯދާފަރާތްތަކަށް ބޮޑެތިގެއްލުންތަކެއްވާނެކަމަށް ވިލާ ގްރޫޕުން ބުނެފިއެވެ.



އެ
ގުރޫޕުން ބުދަ ދުވަހުގެ ރޭ ވިލާކޮލެޖްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި
ވާހަކަފުޅުދައްކަވަމުން ވިލާކުންފުނީގެ ސެކެޓްރީ
އިބްރާހިމް ރަޝީދު ވިދާޅުވީ، ވިލާގްރޫޕުން ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންދާ
ރަށްތަކާއި ފަޅުތަކުން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް މިއަދާހަމައަށް
ނުދައްކާ ނޯންނާނެކަމަށެވެ. އަދި އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ސިޔާސީ
މަގުސަދެއް ހާސިލްކުރުމުގެ ބޭނުމުގައި، ދައުލަތަށް ޓެކުހާއި ކުލީގެ ގޮތުގައި،
ދައްކަންޖެހޭ ސަތޭކަ މިލިޔަން ޑޮލަރު ނުދައްކާކަމަށްބުނެ، ވިލާ ގްރޫޕްގެ
ވިޔަފާރިތަކަށް ދަތިވާގޮތަށް ތަފާތު އުނދަގޫތަށް ސަރުކާރުން ދަނީ ކުރަމުންނެވެ.



ރަޝީދު ވިދާޅުވީ، މި މައްސަލަތަކާއި ގުޅިގެން ރާއްޖޭގެ ކޯޓުތަކަށް 27
މައްސަލައެއް ހުށައަޅާފައިވާކަމަށާއި ވިލާކުންފުނިން އަމަލުކޮށްފައިވާނީ
ގާނޫނުތަކާއި ގަވާއިދާ އެއްގޮތަށްކަމަށެވެ. ކޯޓްގައި ވަކާލާތުކުރަމުންދަނީ
ސްޕުރީމް ކޯޓާއި އެހެނިހެން ކޯޓުތަކުން ނިންމާފައިފާ ގަޒިއްޔާތަކާއި
އެއްގޮތަށްކަމުން އެކަންކަމުގައި އިންސާފް ލިބޭނެކަމުގެ އުންމީދު އޭނާ
ފާޅުކުރެއްވިއެވެ.  



ކޯޓުން ބޭރުގައިވެސް މި މައްސަލަ ހައްލުކުރުމަށް ސަރުކާރަށް
ދެނެންވިކަމަށާއި، އެހެންނަމަވެސް އެއްވެސް ޖަވާބެއް ލިބިފައިނުވާކަމަށް
ވިލާކުންފުނިންބުނެއެވެ. ވިލާއާއެކު ކުރެވިފައިވާ އެއްބަސްވުންތައް ބާތިލް
ކުރުމުން، އެކަމަށް އަމަލުކުރުން ފަސް ކުރަން އަމުރެއް ނެރެދެވެން ނެތް ކަމަށް
ސިވިލް ކޯޓުން ނިންމާފައިވާއިރު، ފައިސާ ދައްކަން އެންގި އެންގުމަށް ޢަމަލު ކުރުން
ފަސް ކުރުމުގެ އަމުރެއް ވެސް ނެރެދެވެން ނެތް ކަމަށް ސިވިލްކޯޓުންވަނީ ނިންމައިފައެވެ.