ދުނިޔެ

ހޫތީހަގުރާމަވެރިންނާ ދެކޮޅަށް އދން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި


ޔަމަނުގެ ސަރުކާރު ވަށްޓާލައި އެގައުމަށް އަތްގަދަކުރުމަށް
ހަނގުރާމަކުރަމުންދާ ޝިއައީ ހޫތީންނަށް އަމާޒުކޮށް ޔަމަނަށް ހަތިޔާރުއެތެރެކުރުން
މަނާކުރުމަށް އދގެ ސެކިއުރިޓީ ކައުންސިލުން ނިންމައިފިއެވެ.



ސަލާމަތީ މަޖިލީހުން ހޫތީންނަށް އަންގާފައިވަނީ ޔަމަނުގައި އެމީހުންގެ
ބާރުގެ ދަށަށް ގެންދިޔަ ސަރަހައްދުތަކުން ފައިބައިގެންދިއުމަށާއި ޚާއްސަކޮށް
ވެރިރަށް ސަންއާއިން ފޭބުމަށެވެ. ސަލާމަތީ މަޖިލީހުންވަނީ ކުރީގެ ރިޕަބްލިކަން
ގާޑު ވެރިޔަކަށް ހުރި ކުރީގެ ރައީސް އަލީ އަބްދުﷲ ސަލިހްގެ ދަރިފުޅުގެ އަހުމަދު
ސާލިހްއާއި ހޫތީ ހަގުރާމަވެރިންގެ ވެރިޔަކަށް ހުރި އަބްދުލް މާލިކް އަލް ހޫތީގެ
ބޭންކު އެކައުންޓްތައް ފްރީޒްކުރުމަށާއި ޓްރެވަލް ބޭން އެއްވެސް ނެރެފައެވެ.



ސަލާމަތީ މަޖިލީހުންވަނީ އަލީ އަބްދުﷲ ސާލިކް އަޑީގައިހުރެގެން
ހޫތީންނަށް އެހީވެ ޔަމަނުގެ ހަމަޖެހުންނަގާލަމުންދާތީ އެކަމާއި ކަންބޮޑުވާކަންވެސް
ފާޅުކޮށްފައެވެ.



ސައޫދީ ކޯލިޝަންގެ ތަރުޖަމާންބުނީ ވަކިވެގެން އުޅުނު ޔަމަނުގެ
އަސްކަރީ ފައުޖުތައް އަލުން ސަރުކާރަށް ތާއީދުކުރަންފަށާފައިވާކަމަށާއި އެގޮތުން
މުހިއްމު ތިން ބްރިގޭޑެއް ސަރުކާރަށް ބައިއަތު ހިފައިފިކަމަށެވެ. އަދަންގެ
މަގުމަތީގައި ހަމަލާބަދަލުކޮށް ބައެއް ތަންތަން ކޮންޓްރޯލްކޮށްގެންތިބި ހޫތީ
ހަގުރާމަވެރިން ފަހަތަށް ޖެހިއްޖެކަމަށްވެސް އަސްކަރީ ތަރުޖަމާން ބުންޏެވެ.