ސިޔާސީ

މެންބަރު އިމްތިޔާޒު ސުޕްރީމް ކޯޓަށް ހާޒިރުކުރަނީ


މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

އިމްތިޔާޒަށް ފޮނުއްވާފައިވާ ޗިޓުގައި ބުނެފައިވަނީ މާދަމާ ހެނދުނު 8:30ގައި ޑިޕާރޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ޙާޒިރުވާން އެދޭ ކަމަށެވެ. ޗިޓުގައި ބުނެފައިވަނީ އިމްތިޔާޒު ޙާޒިރުކުރަނީ ސުޕްރީމް ކޯޓުގެ ބޭނުމަކަށް ކަމަށެވެ. އެމްޑީޕީއަށް ނިސްބަތްވާ އިމްތިޔާޒަކީ ރައްޔިތުންގެ މަޖިލީހުގައި ރާއްޖޭގެ ޝަރުޢީ ނިޒާމު އިޞްލާޙު ކުރުމަށް އެންމެ ގިނައިން މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅުދައްކަވަމުން ގެންދަވާ އެއް މެންބަރެވެ.

ޑީޖޭއާއަށް މާދަމާ އިމްތިޔާޒު ޙާޒިރުވާން އަންގާފައިވާއިރު ކުރީގެ ބަންޑާރަ ނާއިބު ހުސްނުސުޢޫދާއި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު މޫސާ ސިރާޖުވެސް ދާދިފަހުން ވަނީ އެ އިދާރާއަށް ޙާޒިރުކޮށް ބަޔާން ނަގުވާފައެވެ.