ޚަބަރު

ލ.ގަމު ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ


ލ. ގަމުގެ ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އަލިފާން ރޯވީ ލ.ގަމު ދުންފިނިއާގޭ ނަމަކަށް ކިޔާ ގެއެއްގައި ކަމަށެވެ. އަލިފާން ރޯވެގެން އުޅޭކަން އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 12:58 އެހާކަށްހާއިރު ކަމަށާއި އެ މަޢުލޫމާތު ލިބުމާއި އެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓީމު އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ރޯވެފައިވާ އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ އެއްގަޑިއިރު ފަހުންނެވެ. އެޙާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ. ނަމަވެސް އަލިފަން ރޯވި ގެއަށް ބޮޑެތި ގެއްލުން ވެފައިވާކަމަށް އެމްއެންޑީއެފުން ހާމަކުރައްވައެވެ.