ކުޅިވަރު

ކުލަބް މޯލްޑިވްސް ކަޕްގެ ކުއާޓަރ ފައިނަލުން އެމްޕީއެލް ޖާގަ ހޯދައިފި


ދިވެހި ސިފައިންގެ ކުލަބްގެ މައްޗަށް ޕެނަލްޓީގައި ކުރި ހޯދައިގެން ކުލަބް މޯލްޑިވްސް ކަޕްގެ ކުއާޓަރ ފައިނަލުން އެމްޕީއެލް ޖާގަ ހޯދައިފިއެވެ.
އެމްޕީއެލް، ދިވެހި ސިފައިންގެ ކުލަބްގެ މައްޗަށް ޕެލަލްޓީގައި ކުރި ހޯދީ ދެ ލަނޑު 1 ލަނޑުންނެވެ.

މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމްވެސްވަނީ އެއް ލަނޑު ޖަހާފައެވެ. މެޗްގެ އެންމެ ފުރަތަމަ ލީޑްނަގާ ކުރި ހޯދީ އެމްޕީއެލްއިން. މިލަނޑު އެމްޕީއެލްއަށް ކާމިޔާބުކޮށްދިނީ އަލީ ޝިފާޢުއެވެ.

އެމްޕީއެލްގެ ލަނޑަށްފަހު ދިވެހި ސިފައިންގެ ކުލަބްއިން ކުޅުން ރަގަނޅުކޮށް އެމްޕީއެލްގެ ގޯލްއަށް ނުރައްކާތެރި ދެތިން ހަމަލާއެއް ފޮނުވާލާފައިވެއެވެ. މެޗްގެ ފުރަތަމަ ހާފްގައި ދިވެހި ސިފައިންގެ ކުލަބްގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެއް، ނަމަވެސް މެޗްގެ ދެވަނަ ހާފްގައި ދިވެހި ސިފައިންގެ ކުލަބްގެ ކުޅުން ބަދަލްކޮށް، ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރިއެވެ.

ނަތީޖާއެއްގެ ގޮތުން އޭރިއާގެ މެދުތެރޭގައި ހުރެފައި ކުރީގެ ގައުމީ ޓީމްގެ ޑިފެންޑަރ އަހުމަދު ރަޝީދު ވަނީ ދިވެހި ސިފައިންގެ ކުލަބްއަށް މެޗްގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗްއަށްފަހު އެމްޕީއެލްގެ ކޯޗް އަބްދުﷲ ނަސީރު (އަބޯ)ބުނީ މެޗްގައި ކުޅުންތެރިން މާބޮޑަށް ޕްރެޝަރަށް ވެއްޓުނީކަމަށެވެ.

މެޗުން ބަލިވެދާނެކަމާއި މެދު ކުޅުންތެރިން މާބޮޑަށް ވިސްނީކަމަށް ކޯޗް ބުންޏެވެ. އަދި ލަނޑުޖަހަން ލިބުނު ފުރުސަތުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފިފައިނުވާކަމަށާއި ޕްނެލްޓީއާއި ހަމައަށްދިޔައީ ކުޅުންތެރިންނަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ސަބަބުންކަމަށް ކޯޗް އަބްދުﷲ ނަސީރު (އަބޯ) ބުންޏެވެ.