ޚަބަރު

އެއަރ އިންޑިއާގެ ދަތުރުތައް ހުއްޓުމަކަށް


އިންޑިއާގެ ޤައުމީ އެއަރލައިން، އެއަރ އިންޑިއާގެ އުދުހުންތައް ވަގުތީގޮތުން ހުއްޓާލައިފިއެވެ.

އެއަރ އިންޑިއާއިން ވަނީ ބައިނަލްއަޤްވާމީ ހުރިހާ ޤައުމުތަކެއްގައި އެ އެއަރލައިނުގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލައި ބޯޓުތައް ގްރައުންޑްކޮށްފައެވެ. އެއަރ އިންޑިއާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެއަރ އިންޑިއާގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައިވަނީ، އެ އަރލައިނުގެ މެއިން ފަސެންޖަރ ސާވާ ސިސްޓަމަށް ދިމާވި މައްސައެއްގެ ސަބަބުންކަމަށެވެ.

މިކަމުގެ ސަބަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި ބޭނުންކުރާ އެއަރ އިންޑިއާގެ ސިސްޓަމްތަކުގެ ޚިދުމަތްވަނީ މެދުކެނޑިފައެވެ.

އެއަރ އިންޑިއާގެ މެއިން ފަސެންޖަރ ސާވާ ސިސްޓަމަށް ދިމާވި މައްސަލައާއި ގުޅިގެން މިއަދަށް ޝެޑިއުލްކޮށްފައިވާ އެއަރ އިންޑިއާގެ ހުރިހާ ދަތުރުތައް ޑިލޭވާނޭކަމަށް އެއަރ އިންޑިއާއިން ބުނެއެވެ.

އެއަރ އިންޑިއާގެ މެއިން ފަސެންޖަރ ސާވޭއަށް ދިމާވި މައްސަލައާއި ގުޅިގެން އެއަރ އިންޑިއާ ރާއްޖޭގެ އޮޕަރޭޝަންތައްވެސް ވަނީ މެދުކަނޑާލާފައެވެ.