މި އަހަރުގެ ރަމްޟާންމަހު ހައްޖު ކޯރޕަރޭޝަންގެ ހަވާލުގައި އުމްރާއަށްދާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު އެކޯރޕަރޭޝަނުން އިތުރުކޮށްފިއެވެ.ހައްޖު ކޯރޕަރޭޝަނުން ވަނީ މި ފުރުސަތު މި އެޕްރީލްމަހުގެ ތިރީސްވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައެވެ.އެ ކޯރޕަރޭޝަނުން ބުނީ އުމްރާއަށް ދިޔުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކުރީ އުމްރާއަށް ދިޔުމަށް ގިނަ ބަޔަކު ހުށަހަޅަމުންދާތީ އާއި މުއްދަތު އިތުރުކޮށްދިނުމަށް ވެސް އެކި ފަރާތްތަކުން އެދެމުންދާތީކަމަށެވެ.މިއަހަރު އުމްރާ ދަތުރަށް ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައިވަނީ ތިރީސްނުވަހާސް ނުވަސަތޭކަ ފަސްދޮޅޮސް ފަސް ރުފިޔާއެވެ.ހައްޖު ކޯރޕަރޭޝަންގެ އިތުރުން އުމްރާ އަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައިވަނީ ޒަމްޒަމް އާއި އަސްކޮއި އިންވެސްޓްމަންޓާއި އަލްޙައިރާއި ސިސިލްފަރުގެ އިތުރުން އައްސަފާ ކުންފުންޏަށެވެ.