ރޭ ސްރީލަންކާއިން ހައްޔަރުކުރި ބައެއް ދިވެހިން ކޯޓަށް ހާޒިރުކޮށްފިއެވެ.
ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނީ އެކު ދިން މިވަގުތު ތިބީ ކޯޓްގައި ކަމަށާއި ކޯޓުން ނިންމާ ގޮތެއް ކުރިޔަށް އޮތް ގަޑިއިރެއްހާއިރު ތެރޭގައި އެގިގެންދާނެކަމަށެވެ. އަދި މިވަގުތުވެސް އެމްބަސީގެ މުވައްޒަފުންވެސް ކޯޓްގައި ތިބިކަމަށްވެސް ދިވެހި އެމްބަސީން ބުނެއެވެ. ހައްޔަރުކޮށްފައިވާ ދިވެހިންގެ ކަންކަން ވަރަށް ކައިރިން ބަލަމުން ގެންދާކަމަށްވެސް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނެއެވެ.
އެމްބަސީން ބުނީ އައިއެސް ޖަމާޢަތާ ގުޅޭ ފޮތެއް ފެނުނު މައްސަލާގައި ހައްޔަރުކުރި ދިވެހި ކުދިންނަކީ ލަންކާގައި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރުންކަމަށެވެ. އަދި އެ ކުދިން އެ ފޮތް ގަނެފައިވަނީވެސް ސްރީ ލަންކާއިންނެވެ.
އާދީއްތަދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓު ޙަމަލާއާ ގުޅިގެން މިހާރު އެޤައުމުގެ ސަލާމަތީ ބާރުތަކުން ކުރިއަށްގެންދާ އޮޕަރޭޝަނުގައި ރޭ ވަނީ 6 ދިވެއްސަކު ހައްޔަރުކޮށްފައެވެ.
ސްރީ ލަންކާގެ ސަލާމަތީ ބާރުތަކުން މިހާރު ކުރިއަށްގެންދަނީ ޒީރޯ ޓޮލަރެންސް އޮޕަރޭޝަނެކެވެ. އަދި ކިރިޔާ ޝައްކެއްވާނަމަވެސް އެއްވެސް ސުވާލުކުރުމެއްނެތި ދަނީ މީހުން ހައްޔަރުކުރަމުންނެވެ.
ރޭ ހައްޔަރުކުރި ދިވެހިންގެ ތެރެއިން 4 ދިވެއްސަކު ހައްޔަރުކޮށްފައިވަނީ އެއަރ ރައިފަލްތަކެއްގެ މައްސަލާގައެވެ. އެގޮތުން، ނެގަންބޯގައި އެމީހުން ދިރިއުޅޭ ގެއިން ފެނުނު ބަޑިތައް ގަނެފައިވަނީވެސް ސްރީ ލަންކާއިންނެވެ. އަދި އެމީހުންނަށް އެ ބަޑިތައް ވިއްކާފައިވަނީ ފޭކް ލައިސެންސަކާއިއެކުއެވެ.
މި ދުވަސްވަރު ކޮންމެ ހެން ނުކުނަންނަށް ޖެހޭ ތަންތަނަށް ނޫނީ ނުނިކުތުމަސާއި މީހުން ގިނަ ތަންތަނަށް ނުދިއުމަށް ލަންކާގައި ތިބި ދިވެހިންނަށް އެމްބަސީން އިލްތިމާސްކުރއެވެ. އަދ ބޭރުގައި އުޅޭއިރު ޕާސްޕޯޓް ގެންގުޅުމާއި ވިސާގެ އެއްވެސް މައްސަލައެއް ވާނަމަ އެކަން ހައްލުކުރުމަށްވެސް ދިވެހި އެމްބަސީން އިލްތިމާސްކުރެއެވެ.