ޚަބަރު

ޏ.އޭއިސީ ބަލިކޮށް ހާފިޒު އަހުމަދު ސްކޫލް ޗެމްޕިއަންކަން ހޯދައިފި



ފުވައްމުލައް ސިޓީ ކައުންސިލާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭމް) ގުޅިގެން ބޭއްވި އިންޓަރ ސްކޫލް ފުޓްބޯޅަ ޓޯނަމެންޓްގެ ޗެމްޕިއަންކަން ހާފިޒު އަހަމަދު ސްކޫލް ހޯދައިފިއެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ހާފިޒު އަހަމަދު ސްކޫލް އިން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ޏ.އަތޮޅު ތައުލީމީ މަރުކަޒާ ބައްދަލުކޮށް 2-0 އިން ކުރި ހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ހާފިޒު އަހަމަދު ސްކޫލް އިން ކާމިޔާބުކުރީ ޕެނަލްޓީ އަކުންނެވެ. ހާފިޒު އަހަމަދު ސްކޫލް އިން ދެވަނަ ގޯލު ކާމިޔާބުކުރީ ޏ.އަތޮޅު ތައުލީމީ މަރުކަޒު އިން ފުދޭވަރަކަށް ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހާފިޒު އަހަމަދު ސްކޫލް ގެ މުހައްމަދު ނިހާން އެވެ. މުޅި މުބާރާތުގެ ފެއާރޕްލޭ ކުޅުންތެރިއަކަށް ހޮވިފައިވަނީ ފުވައްމުލައް ސްކޫލްގެ މުހައްމަދު ނާޒިމް ނަޖްމީއެވެ އެންމެ މޮޅު ގޯލް ކީޕަރަކީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ އަހަމަދު ޒާން އަބްދުﷲ .އަދި މުޅި މުބާރާތުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިއަކީ ހާފިޒު އަހަމަދު ސްކޫލްގެ މުހައްމަދު އައިހަމް ސައީދެވެ.

ފުވައްމުލައް ސިޓީ ކައުންސިލް އިންޓަރ ސްކޫލް ފުޓްބޯޅަ ޓޯނަމަންޓް މިފަހަރުގެ ތަޖުރިބާއަށް ބަލާފަ އަންނަ އަހަރު ކުލަގަދަކޮށް ބާއްވާނެ ކަމަށް ކައުންސިލިން ބުނެއެވެ.