ސިޔާސީ

ޕީއެންސީގެ ރައީސަކަށް ޢަބްދުއްރަހީމް ޢައްޔަންކޮށްފި


ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ޢައްޔަންކޮށްފިއެވެ.

ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގައި މިހާރު ކުރިއަށް އެޕާޓިގެ ފުރަތަމަ ޤައުމީ ޖަލްސާގައި ޢަބްދުއްރަހީމް ރައީސްއަކަށް އިންތިޚާބުކޮށްފައިވަނީ ވޯޓަކާނުލައެވެ. އެއީ އެ މަޤާމަށް ޢަބްދުއްރަހީމް ފިޔަވާ އިތުރު ބޭފުޅަކު ކުރިމަތިލައްވާފަިއނުވާތީއެވެ.

ޕީއެންސީގެ ކޮންގްރެސްގެ އިންތިޒާމްތައް ބަލަހައްޓަނީ އެޕާޓީއާއި ކޯލިޝަން ހަދާފައިވާ ޕީޕީއެމުންނެވެ. މި ޤައުމީ ޖަލްސާފައި 137 މީހުން ބައިވެރިވެއެވެ. ޕީއެންސީގެ ނާއިބު ރައީސްކަމަށް ފަސް ބޭފުޅަކު ކުރިމަތިލައްވާފައިއެވެ. އެއީ ޔާމީން ސަރުކާރުގައި ސްރީލަންކާއަށް ކަނޑައެޅުއްވި ސަފީރު މުޙައްމަދު ޙުސައިން ޝަރީފާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު ސަޢީދާއި، ބާރަށު ދާއިރާގެ މެންބަރު އިބުރާހީ ޝުޖާޢުއާއި، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިޙާން ޙުސައިން މަނިކުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނިމާލެވެ.

ކުރިން އެޕާޓިގެ އަސާސީ ޤަވާއިދު ބުނާގޮތުން ނާއިބު ރައީސްއަކަށް ޢައްޔަންކުރައްޖެހޭނީ 2 މީހުންނެވެ. ނަމަވެސް މަޤާމަށް ވާދަވެރިކަން ބޮޑުވުމާއި ގުޅިގެންކަމަށް ބުނެ މިހާރު ވަނީ އެ މަޤާމަށް 4 މީހަކު ޢައްޔަންކުރުމަށް އަސާސީޤަވާއިދަށް ބަދަލު ގެނެސްފައެވެ.