ޚަބަރު

އަފީފުއްދީން ސްކޫލުގައި ޓައިމް ކެޕްސޫލެއް ވަޅުލައިފި


ކުޅުދުއްފުށީ އަފީފުއްދީން ސްކޫލަށް ފަނަރަ އަހަރު ފުރުމާ ދިމާކޮށް އެ ސްކޫލު ގޯތި ތެރޭގައި ކުދިންނާއި މުވައްޒަފުންގެ ޝުއޫރު އެކުލެވޭ ޓައިމް ކެޕްސޫލެއް ވަޅުލައިފިއެވެ.

ކުޅުދުއްފުށީގައި އެންމެ ފަހުން ހުޅުވި ސްކޫލަށް 25އަހަރު ފުރުމުން ނަގާގޮތަށް ވަޅުލި މިކެޕްސޫލް، ވަޅުލީ މިއަދު އެސްކޫލްއަށް 15 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ އެސެމްބްލީ ފަހުއެވެ. ކެޕްސޫލް ވަޅުލައިދެއްވީ ޕްރިންސިޕަލް ނާސިހާ އިދުރީސާއި ފީޓީއޭގެ އިސް ބޭފުޅުންނާއި ބޯޑްގެ ޗެއާޕާޝަނެވެ.

މި ކެޕްސޫލުގައި ގާތްގަނޑަށް ދެ ފޫޓް ހުންނާނެއެވެ. ކެޕްސޫލްގައިތަކެތި ބަހައްޓާފައިވަނީ ހަލާކު ނުވެ ގިނަ ދުވަހު ހުންނާނެ ގޮތަށް ހެދުމަށް ފަހުއެވެ. އަދި ފަނިފަކުސާފަދަ ތަކެތިން ރައްކާތެރިކުރުމުގެ ގޮތުން އެތަކެއްޗަށް ކެމިކަލްވެސް ޖަހާ ފައިވެއެވެ.