ޚަބަރު

އޭދަފުށީ ޕޯސްޓް އޮފީސް ފަޅާލައި 1500 ރުފިޔާ ވަގަށް ނަގައިފި


ބ.އޭދަފުށީގައި ހުންނަ ބ.އަތޮޅު ޕޯސްޓް އޮފީސް ފަޅާލައި ފައިސާތަކެއް ވަގަށް ނަގައިފިއެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި ގެއްލިފައިވަނީ 1500 ރުފިޔާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

އެ އޮފީސް ފަޅާލާފައިވަނީ އެ އިމާރާތުގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައިގެން އެތެރެއަށްވަދެގެންކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. ފުލުހުން ވިދާޅުވީ މިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 8:30 ހާއިރު ކަމަށެވެ.

ޕޯސްޓް އޮފީސް ހިންގާ އިމާރާތަކީ އޭދަފުށީ ކައުންސިލުން ކުއްޔަ ނަގައިގެން ހިންގާ ތަނެކެވެ.

މިހާދިސާ ބ.އޭދަފުށީގައި ހުންނަ ފުލުހުންގެ އިދާރާއިން ދަނީ ތަޙްޤީޤު ކުރަމުންނެވެ.