ވިޔަފާރި

ޙިއްސާއަކަށް 58 ރުފިޔާ ބެހުމަށް އެސްޓީއޯ ބޯޑުން ނިންމައިފި


އެސްޓީއޯގެ ހުސްވިއަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

އެސްޓީއޯގެ ބޯޑުން ހިއްސާއަކަށް 58ރ ބެހުމަށް ފާސްކޮށްފައިވަނީ، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިދިޔަ އާދީއްތަ ދުވަހު ބޭއްވި ބައްދަލުވުމަށްފަހުއެވެ.

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެސްޓީއޯގެ ހުސްވިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާގެ ފައިދާ ބެހުމަށް ނިންމާފައިވާއިރު މިދިޔަ އަހަރުގެ ހުރިހާ ކުއާޓަރެއްގައި އެސްޓީއޯއަށް ވަނީ ފައިދާވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް 66 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެސްޓީއޯއަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން މިދިޔަ އަހަރު ވިޔަފާރީން އެންމެ ރަނގަޅު ނަފާއެއް ހޯދި ކުންފުންޏެވެ.

އެސްޓީއޯގެ ހުސްވިއަހަރުގެ ވިޔަފާރީގެ ފައިދާއިން ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާއިރު، އެ އަދަދު ބެހުމަށް ފާސްކުރާނީ އަހަރީ އާއްމުޖަލްސާގައެވެ. އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 30 ވަނަ ދުވަހުއެވެ.