ޚަބަރު

ލިންކުރޯޑްުގައި އިތުރު އެކްސިޑެންޓެއް ހިނގާ 2 މީހަކު ޒަހަމްވެއްޖެ


އައްޑޫ
ސިޓީ ލިންކް ރޯޑްގައި ހޯމަ ދުވަހުގެ ރޭ ވެސް އެކްސިޑެންޓެއް ހިނގާ، ދެ މީހަކަށް
ސީރިއަސް ޒަހަމްތަކެއް ވެއްޖެއެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ޖިޕަކާއި
ސައިކަލެއް ޖެހިގެން ކަމަށާއި، ނަމަވެސް އެކްސިޑެންޓުވުމުން މަޑުނުކޮށް ގޮސްފައިވާތީ
ޖިޕް ހޯދަމުންދާކަމަށެވެ.



މި
އެކްސިޑެންޓް ހިނގާފައިވަނީ، ހޯމަ ދުވަހުގެ ރޭ 8:50 އެހާކަން ހާއިރު ކަމަށާއި، ސައިކަލްގައި
ތިބި އަންހެނަކަށާއި ފިރިހެނަކަށް އަނިޔާވުމާއި ގުޅިގެން ހިތަދޫ ރީޖަނަލް
ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ހިތަދޫ
ރީޖަނަލް ހޮސްޕިޓަލުން ބުނީ އެކްސިޑެންޓްގައި ޒަހަމް ލިބިފައިވާ އަންހެން މީހާގެ
ހާލު ވަރަށް ސީރިއަސް ކަމަށާއި، އޭނާ މާލެ ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.