ޚަބަރު

ފުވައްމުލަކަށް ވައިގަދަވެ ގެއެއްގެ ފުރާޅު އެއްލާލައިފި


ރާއްޖޭގެ އެކިހިސާބުތަކަށް ކުރަމުންދާ ވިއްސާރާގާއި މިރޭ ފުވައްމުލަކަށް ވައިގަދަވެ ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.

ފުވައްމުލަކު ގެއެއްގެ ފުރާޅު އެއްލާލި ޚަބަރު އެމްއެންޑީއެފަށް ލިބުނީ މިރޭ އިރާކޮޅުކަމަށާ، ހަބަރު ލިބުމާއެކު 20:38ގައި އެމްއެންޑީއެފުން އެގެއަށް އެހީތެރިކަން ފޯރު ކޮއްދީފާވާކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ. މި ހާދިސާގެ ސަބަބުން އެއްވެސް ބޮނޑު ގެއްލުމެއް ލިބިފާނުވާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގެ ފުވައްމުލަކަށް ވެސް ދަނީ ކުރަމުންނެވެ. ފުވައްމުލަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން އެސިޓީގައި ފެންބޮޑުވެފައިވެއެވެ. އެއާއެކު ފެންހިންދުމަށް ޕަންޕްތަކެއް ވަނީ ބަހައްޓާފައެވެ.