ޚަބަރު

އެމްއެންޑީއެފުގެ އެހީގައި ފުވައްމުލަކުން މާލެއަށް ބަލިމީހަކު ގެނެސްފި


ފުވައްމުލަކުން ޙާލު ބޮނޑު ބަލިމީހަކު އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރުގައި މިއަދުހަވީރު މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގާ މިއަދު ހަވީރު 4:15ގައި ފުވައްމުލަކުން ގެނެސްފާވާ ބަލި މީހާޔަކީ ޏ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދިޔަ ޢުމުރުން 71 އަހަރުގެ މީހެކެވެ. މިމީހާ މާލެ ގެނެސްފާވަނީ ޑޮކްޓަރުންގެ ލަފާޔާއެކު އިތުރު ފަރުވާ ހޯދުމަށްކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އަތޮޅުތަކުގެ ރަށްރަށުން ޙާލުބޮޑުވެގެން ބަލިމީހުން މާލެ ގެނައުމުގާ އެމްއެންޑީއެފުން ދަނީ ކަނޑާއި ވަައިގެ މަގުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.