ވިޔަފާރި

އެންވެރިކަމުގައި ހިރާސް ކުޑަކުރުމުގެ ފުރަތަމަ ޕްރޮގްރާމް ނިންމާލައިފި


އެންވެރިކަމުގައި ހިރާސް ކުޑަކުރުމުގެ ފުރަތަމަ ޕްރޮގުރާމް ގއ. ވިލިނގިލީގައި ކުރިއަށްގެންގޮއްސިއެވެ.

މިއީ ދިވެހިމަސްވެރިން ފުނަށް ފީނައިގެން އެންދެމުމުގައި ހަރަކާތްތެރިވާއިރު ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކޮށް މަސްވެރިންނާއި އޮޑިވެރިން މިކަމަށް ހޭލުންތެރިކުރުވުމުގެގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.

"އެންވެރިކަމުގައި ހިރާސް ކުޑަކުރުން" މިޕްރޮގްރާމްގެ ފުރަތަމަ ބުރު ގއ. ވިލިނގިލީގައި ކުރިޔަށް ގެންގޮސްފައި ވަނީ މިމަހުގެ 18 އިން 19 އަށެވެ.

މިބައްދަލުވުމުގައި 23 މަސްވެރިން ވަނީ ބައިވެރިވެފައެވެ. މިބައްދަލުވުމުގައި ފީނުމުގެ ތެރޭގައި ދިވާމާ މައްސަލަތަކާއި އަދި އެކަންތައް ދިމާވުން މަދުކުރުމަށްޓަކައި މިކަމުގެ ފުރިހަމަ ތަމްރީން ލިބިގެން މިކަން ކުރުމަށް ބައިވެރިނަން އިރުޝާދުދީފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

މިފްރޮގްރާމުގައި މަސްވެރިންނަށް މަޢުލޫމާތު ދީފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑު އަދި ވިލާ ކޮލެޖްގެ މެރިން ސްކޫލުގައި މަސައްކަތް ކުރާ ކަމުގެ ތަޖުރިބާކާރުންނެވެ. މިޕްރޮގްރާމް 2 ވަނަ ބުރު މިމަހުގެ 26 އިން 27 އަށް ގދ. ތިނަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.