ޚަބަރު

ދެކުނަށް މިއަދުވެސް ވިއްސާރަވާނެ - މެޓް


ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރެވެހި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. މެޓްރޮއފީހުން ބުނފައިވަނީ ލ.އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރމާއެކު ބޯކޮށް ވާރެވެހޭނެކަމަށް، ލަފާކުރެވޭކަަމަށެވެ.

މެދު ރާއްޖެތެރޭގެ ބައެއް ހިސާބުތަކަށްވެސް ވިއްސާރަކުރާނެކަަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. މިއަތޮޅުތަކަށް ވަޔާއި ކަނޑު ގަދަވަނެކަމަށް ލަފާކުރެވޭތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް މެޓް އޮފީހުންވަނީ އިލްތިމާސްކުރެއެެވެ. ވިލާގަނޑުގައި 35މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

ދިޔަވަރު ބޮޑުވާ ވަގުތުގައި އުދަ އަރާނެކަމަށްވެސް މެޓް އޮފީހުންވަނީ ލަފަކޮށްފައެވެ. ރާއްޖޭގެ މޫސުމަށް ބަލާއިރު، އުރުތުގެ އަތޮޅުތަކުގެ މޫސުން ރަނގަޅުވާނެކަމަށާއި، ކަނޑުތައްވެސް މަޑުވާނެކަމަށް މެޓް އޮފީހުންވަނީ ބުނެފައެވެ. ވޭތުވެދިޔަ ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވި ނަމަވެސް މިހާރު، މޫސުން ރަނގަޅުވަމުންދާކަމަށް މޫސުމާބެހޭ އިދާރާއިން މަޢޫލޫމާތުދެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައަކީ ދެ މޫސުން ބެދޭ ވިއްސާރައެވެ. ވިއްސާރައިގެ ސަބަބުން ބައެއް ރަށްތަކުގައިވަނީ ފެންބޮޑުވެފައެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް އަދި މުދަލަކަށްވެސް ގެއްލުންވެފައި ނުވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންވަނީ ބުނެފައެވެ.