ޚަބަރު

ރަމަޟާންމަހު މަރުކަޒީ ބޭންކުން ޚިދުމަތްދޭނެ ގަޑިތައް އާއްމުކޮށްފި.


ކުރިއަށްއޮތް ރަމަޟާންމަހު މަރުކަޒީ ބޭންކުން ޚިދުމަތްދޭނެ ގަޑިތައް އާއްމުކޮށްފިއެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވީ އަންނަ ރަމަޟާން މަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު އެއޮތޯރިޓީ ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށްކަމަށެވެ.

މަރުކަޒީ ބޭންކުން ރަމަޟާންމަހު ބޭންކިންގގެ ޚިދުމަތުގެ ދަށުން ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތްދޭނީ ހެނދުނު 09:30 ހުން މެންދުރު 12:30 އަށެވެ. އަދި ވަކިލާރި ބަލައިގަނެ ދޫކުރާނީ 09:30 ހުން ފެށިގެން 11:00 އާއި ހަމަޔަށެވެ.
އެމްއެމްއޭއިން ބުނީ ރަމަޟާންމަހު އެ ބޭންކުން ސިޓީ އާއި ތަކެތި ބަލައިގަންނާނީ ހެންދުނު 09:30 ހުން ފެށިގެން 12:00 ހަމަޔަށެވެ.

މަރުކަޒީ ބޭންކްގެ އިތުރުން ކޮމާޝަލް ބޭންކްތަކުންވެސް ކޮންމެ އަހަރެއްގެ ރަމަޟާންމަހު ބޭންކިންގގެ ޚިދުމަތްތައް ދެމުން އަންނަ ގަޑިތަކަށް ބަދަލުގެނެއެވެ.