ޚަބަރު

ޤަވާޢިދާ ޚިލާފަށް އެތެރެކޮށްފައިވާ ބަނގުރާއާއި އޫރުމަސް ނައްތާލައިފި


ޤަވާޢިދާ ޚިލާފަށް އެތެރެކޮށްގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ބެލުމުގެދަށަށް ގެންގޮސްފައިހުރި ގިނަ ޢަދަދެއްގެ ބަނގުރާއާއި އޫރުމަސް ނައްތާލައިފިއެވެ.

ކަސްޓަމްސްގެ ބޮންޑެޑްވެއާ ހައުސްގައި ހުރި މިތަކެތި ނައްތާލާފައިވަނީ ތިލަފުށީގެ ކުނި ނައްތާލާ ސަރަޙައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ. މިތަކެތީގެ ތެރޭގައި 36 ފުޅި ބަނގުރާއާއި، ހަތަރުސަތޭކަ ކިލޯއަށްވުރެ ގިނަ އޫރުމަސް ހިމެނެއެވެ.

މިތަކެއްޗަކީ ޤަވާއިދާޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްއިން ހިފަހައްޓާފައިވާ ތަކެއްޗެވެ. ޤަވާޢިދާ ޚިލާފުވެގެން ކަސްޓަމްސްގައި ހިފަހައްޓާފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލާނެކަމަށް ކަސްޓަމްސްގެ ޢާންމު ޤަވާއިދުގައި ބަޔާންކުރެއެވެ.