ޚަބަރު

ހދ.އަތޮޅު ޤުރުއާން މުބާރާތުގެ 1ވަނަ ނޮޅިވަރަމް ހޯދައިފި


ހދ.އަތޮޅު ޤުރުއާން މުބާރާތުގެ 1ވަނަ ހދ.ނޮޅިވަރަމް ހޯދައިފިއެވެ.
މިމުޞާރާތުގެ ދެވަނަ ހޯދާފައިވަނީ ހދ.މަކުނުދޫއެވެ. އަދި 3ވަނަ ލިބުނީ ކުރިން މިމުބާރާތުގެ 1 ވަނަ ވިދިވިގެން 3 ފަހަރު ހޯދައި ތަށި މިލްކުކޮށްފައިވާ ވައިކަރަދޫއަށެވެ.

ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ހެނދުނު ނެއްލައިދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޚާއްސަ ވަނަތަކަށް ދިޔަ ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ ހޯމްމިނިސްޓަރު އިމްރާން ޢަބްދުﷲއެވެ. މިއީ ހދ.އަތޮޅު ޤުރުއާން މުބާރާތެއްގައި މިނިސްޓަރަކު ބައިވެރިވި ފުރަތަމަ ފަހަރެވެ.

މުޅި މުބާރާތުން ދެގޮފި ވަކިން އެއްވަނަ ހޯދި ދަރިވަރުން ހޮވައި އެދަރިވަރުންނަށް ވެސް ވަނީ އިނާމުދީފަ އެވެ. އެގޮތުން އެންމެ ޝަރަފްވެރި ދެމަޤާމު ހޯދި ދަރިވަރުންނަށް ވަނީ ޓްރޮފީގެ އިތުރުން ނެއްލައިދޫ، އޭއައިއޭ ކޮންސްޓްރަކްޝަން ކޮމްޕެނީ އާއި އައި.ސެވަން ކޮންސްޓްރަކްޝަނުން ދޭ އުމްރާ ދަތުރު ދީފައެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ހާސިލުކުރީ މަކުނުދޫ ޓީމްގެ ރާޔާ އަންވަރުއެވެ. ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނަ ޙާސިލްކުރީ ހަނިމާދޫ މިޔުރެކްސް، އާޔާ އަލީއެވެ.

މީގެ އިތުރުން ހުރިހައި ޢުމުމުރުފުރާތަކަކުން 1ވަނަ 2 ވަނަ 3 ވަނަ ހޮވައި ޓްރޮފީ ދިނެވެ. އަދި މުޅި މުބާރާތުން އެންމެ މޮޅު 16 ދަރިވަރުން ވެސް ވަނީ ހޮވައި ޓްރިފީ ހަވާލުކޮށްފައެވެ.

މިރަސްމިއްޔާތު ޝަރަފްވެރި ކޮއްދެއްވައި ދެއްކެވި ވާހަކަފުޅުގައި ހޯމްމިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމަކީ އެހެން ކަންކަން ކާމިޔާބު ކުރުމަށްއޮތް މަގެއްކަމުގައެވެ. އަދި ހަޤީޤީ ކާމިޔާބީއަކީ މިދުނިޔެމަތީގައި ލިބޭކާމިޔާބީ ނޫންކަމަށާ ހަޤީޤީ ކާމިޔާބީއަކީ އާޚިރަތް ދުވަހުން ކާމިޔާބު ހާސިލްވާމީހާކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިއަހަރުގެ ހދ. ޤުރުއާން މުބާރާތުގައި ހދ.އަތޮޅުގެ 11 ރަށަކުން 132 ކުދިން ބައިވެރިވިއެވެ.