ޚަބަރު

އެކުވެރިކަމުގެ 2 މެޗު ޒުވާން ގައުމީ ކްރިކެޓް ޓީމުން ކާމިޔާބުކޮށްފި


އޭޝިއަން ކްރިކެޓް ކައުންސިލް 19 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރުމަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ޒުވާން ގައުމީ ކްރިކެޓް ޓީމު ކުޅުނު އެކުވެރިކަމުގެ 2 މެޗު ކާމިޔާބުކޮށްފިއެވެ.

މުބާރާތަށް ތައްޔާރުވުމަށް ސްރީލަންކާގައި ހާއްސަ ތަމްރީން ތަކެއް ފުރިހަމަކުރަމުން އަންނަ ޒުވާން ގައުމީ ކްރިކެޓް ޓީމު މިއަދު "ސްރީ ސުމަންގަލަ ސްކޫލުގެ ނަވާރަ އަހަރުން ދަށުގެ ޓީމާއި ވާދަކޮށް މެޗު ކާމިޔާބުކުރީ 10 ވިކެޓުންނެވެ.

މެޗްގައި ޓޮސް ދިވާމުވުން ސްރީ ސުމަންގަލަ ޓީމުން ގަސްތުކުރީ އުކުމަށެވެ. އެގޮތުން ރާއްޖެ ޓީމުން ކުޅެންއަރާ 50 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން ރާއްޖެ ޓީމަށް ހެދުނީ 228 ލަނޑެވެ. ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ 81 ބޯޅައިން 80 ލަނޑުހެދި ޔޫސުފް އަޒްޔާން ފަރްހަތެވެ.

ޖަވާބުގައި ކުޅެން އަރާ ސްރީ ސުމަންގަލަ ޓީމުން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް ރާއްޖެ ޓީމުން ވަނީ 11 އޯވަރު ބާކީ އޮށްވައި 10 ވިކެޓުހަދައި މެޗު ކާމިޔާބުކޮށްފައެވެ. ސްރީ ސުމަންގަލަ ޓީމަށް 39 އޯވަރުގެ ތެރޭގައި ހަމަކުރެވުނީ 174 ލަނޑެވެ. ރާއްޖެ ޓީމުން އެންމެ ގިނަ ވިކެޓު ނެގީ މުޙައްމަދު ރާފިލް އެވެ. ރާފިލް ތިން ވިކެޓު ނެގިއިރު، ޔޫސުފް އަޒްޔާން އާއި ޝައުފް ޙަސަން ވަނީ، ކޮންމެ ކުޅުންތެރިއަކު ދެވިކެޓް ނަގާފައެވެ. އަދި ގައްސާމް ރަޝީފް އާއި އިބްރާހިމް ރާއިގްވެސް ވަނީ އެއް ވިކެޓް ނަގާފައެވެ.