ޚަބަރު

މިސްކިތް ފަންޑަށް މިހާތަނަށް ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ


އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ "ދަރުމަ ކަމާކެމި" މަދާމާވެސް ކުރިޔަށް ގެންދިޔުމަށް އެ މިނިސްޓްރީން ނިންމައިފިއެވެ. މިއަދުގެ ހެދުނުން ފެށިގެން ހަވީރާއި ހަމައަށް ކުރިޔަށް ގެންދިޔަ މި ހަރަކާތުގެ ވަގުތު އިރުރުކުރީ ވިއްސާރަވުމާއި ގުޅިގެންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މިގޮތުން މަދަމާ މެނދުރު 13:00 ފެށިގެން އިރުއޮއްސި 18:00 މި ހަރަކާތް މިއަދެކޭ އެއްގޮތަށް ކުރިޔަށްދާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ހަރަކާތުން މިއަދުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ލިބުނު ފައިސާގެ ޖުމްލަ

މިސްކިތު ފަންޑަށް
465،562.40 ރުފިޔާ
551.29 ޔޫއެސް ޑޮލަރު

ދީނީ ފަންޑު
93،129.09 ރުފިޔާ
205.77 ޔޫއެސް ޑޮލަރު

"ދަރުމަ ކަމާކެމި" މި ހަރަކާތުގެ ތެރެއިން ޒަކާތް ބަލައިގަންނަ ގޮތާއި ޒަކާތުގެ ފައިސާ ޚަރަދުކުރާގޮތާއި ފާއިތުވި އަހަރު ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު ޢަދަދުވެސް ހާމަކުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން މުދަލު ޒަކާތް ބަލައިގަތުމާއި، ޒަކާތައް މީހުން ހޭލުންތެރިކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މިޙަރަކާތުގައި މިސްކިތްތައް ޢިމާރާތްކުރުމަށް ބޭނުންވާ ރަށްތައްވެސް ފާހަގަކޮށްް އެ މައުލޫމާތުތައްވެސް ހިއްސާކުރެއެވެ. އެގޮތުން މިސްކިތްތަކަށް ޚާއްސަކޮށްފައިވާ ސްޓޯލަކުން މިސްކިތްތަކަށް ބޭނުންވާ މަރާމާތާއި، މަރާމާތު ކުރުމަށްބޭނުންވާ މިސްކިތްތަކާއި، އެކަންކަމަށް ޚަރަދުވާ މިންވަރުވަނީ ހިއްސާކޮށްފައެވެ. އަދި މިނިސްޓްރީން ބަލަހައްޓަމުންދާ ފަންޑުފޮށިތައް ބަހައްޓާ އޮންލައިންކޮށް އެހީވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

މި ފަންޑަށް ބީއެމްއެލްގެ ރުފިޔާއާއި ޑޮލަރު އެކައުންޓް މެދުވެރިކޮށް ފައިސާ ފައިސާ ޖަމާކުރުމުގެ ފުރުސަތު އަންނަ މަހުގެ 6 ވަނަ ދުވަހާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ. އަދި ދިރާގު ޕޭ އާއި އުރީދޫ އެމްފައިސާ މެދުވެރިކޮށްވެސް ފައިސާގެ އެހީ ފޯރުކޮށްދިނުމަށް މިހާރުވެސް ވަނީ ހުޅުވާލާފައެވެ.