ޚަބަރު

13 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޅ އަތޮޅު ތައުލީމީ މަރުކަޒު ޖާގަ ހޯދައިފި


ހިރިޔާ ސްކޫލް ބަލިކޮށް ޅ އަތޮޅު ތައުލީމީ މަރުކަޒު އިންޓަރ ސްކޫލް 13 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގެ ޖާގައެއް ހޯދައިފިއެވެ. ޅ.އަތޮޅު ތައުލީމީ މަރުކަޒުން މެޗް ކާމިޔާބުކުރީ އެއް ލަނޑު ސުން ލަނޑުންނެވެ. މެޗްގެ ހަމައެކަނި ލަނޑު ޅ.އަތޮޅު ތައުލީމީ މަރުކަޒަށް ކާމިޔާބުކޮށްދިނީ އަބްދުﷲ އަރީން މުހައްމަދުއެވެ. މިމެޗްގައި ހިރިޔާ ސްކޫލްއިން މެޗްގައި މޮޅު ކުޅުމެއް ދައްކާފައިވެއެވެ. އެ ޓީމުން ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއްވެސް ހޯދާފައެވެ، ނަމަވެސް ހިރިޔާއަށް ވަނީ އޭގެއިން އެއްވެސް އެފުރުސަތެއްގެ ބޭނުން ހިފޭ ގޮތް ނުވެފައެވެ.
މެޗަށްފަހު ޅ.އަތޮޅު ތައުލީމީ މަރުކަޒު ޓީމްގެ މެނޭޖަރ އިބްރާހިމް އިސްމާއިލް ބުނީ މުބާރާތުގެ ފައިނަލާ ހިސާބަށް ދެވުމަކީ ކާމިޔާބީއެއް ކަމަށާއި އަޒުމަކީ ތަށި ހިފައިގެން ރަށަށް ދިޔުން ކަމަށެވެ. އަދި ޅ.އަތޮޅު ޓީމްގެ ފެންވަރު، މެޗަކަށްފަހު މެޗެއް ރަނގަޅުވަމުން އަންނަކަމަށާއި އެއީ ކުޅުންތެރިންނާއި ކޯޗުންގެ މިންނެތް ބުރަ މަސައްކަތްކަމަށްވެސް އިބްރާހިމް އިސްމާއިލް ފާހަގަކުރިއެވެ.
ހިރިޔާގެ ކޯޗް ބުނީ މެޗްގައި މޮޅަށް ކުޅުނީ ހިރިޔާ ކަމަށާއި ދިމާވި ހަމައެކަނި މައްސަލައަކީ ގޯލެއް ނުޖެހުން ކަމަށެވެ. ހިރިޔާ ސްކޫލް ބަލިވީ ގޯލް ޖެހުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުންކަމަށާއި އެކަމުގެ ފައިދާ ނަގައި ޅ.އަތޮޅު ތަޢުލީމީ މަރުކަޒުންވަނީ އެޓީމްއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާ ގޯލްއެއްވެސް ކާމިޔާބުކޮށް ފައިނަލްގެ ޖާގަވެސް ހޯދާފައެވެ.