ވިޔަފާރި

އެސް.ޓީ.އޯ ސުޕަރމާޓުން ޑިސްޕޮސިބަލް ޕްލާސްޓިކް ވިއްކުން ހުއްޓާލަނީ


އެސް.ޓީ.އޯ ސުޕަރމާޓުގައި ހުރި ޑިސްޕޮސިބަލް ޕްލާސްޓިކް އުފެއްދުންތައް ހުސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ ޑިސްޕޮސިބަލް ޕްލާސްޓިކް ބޭނުންކުރުން އެއްކޮށް ހުއްޓާލުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ފަށާފައިވާ މަސައްކަތެއްކަމަށް އެސް.ޓީ.އޯ ސުޕަރމާޓުން ބުނެއެވެ. ޑިސްޕޮސިބަލް ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ ގޮތުން އެ ފިހާރައިން ވަނީ އެތަނުގައި ހުރި ޑިސްޕޮސިބަލް ތައްޓާއި، ސަމުސަލާއި އެހެނިހެން އުފެއްދުންތަކުގެ ސްޓޮކް ހުސްކުރުމަށްޓަކާ ހެޔޮ އަގުގައި ވިއްކަން ފަށާފައެވެ. މިކަން އެސް.ޓީ.އޯ ސުޕަރމާޓުން ވަނީ ސޯޝަލް މީޑިއާގައި ހިއްސާވެސް ކޮށްފައެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށްޓަކާ ޤައުމީ ފެންވަރުގައި ކެމްޕޭނެއް ސަަރުކާރުން ފަށާފައިވާއިރު، ސަރުކާރުގެ އެކި އޮފީސްތަކާއި، ކުންފުނިތަކުން އަންނަނީ މި ކެމްޕޭނުގައި ބައިވެރިވަމުންނެވެ. އެގޮތުން ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގައި ފެން ބުއިމަށްޓަކާ ޕްލާސްޓިކް ފުޅިއާއި ތަށި ބޭނުންކުރުމުގެ ބަދަލުގައި ބިއްލޫރި ފުޅިއާއި ތަށި ބޭނުންކުރުން މިހާރު ވަނީ އިތުރުވެފައެވެ.