ޚަބަރު

މިއަހަރުގެ ކްލަބް މޯލްޑިވްސް މާ ފެންވަރު ރަނގަޅު


އެހެން އަހަރުތަކުގެ ކުލަބް މޯލްޑިވްސްއަށް ވުރެއް ކުޅުންތެރިންގެ ފެންވަރު މިއަހަރު މަތިކަމަށް ކުލަބް މޯލްޑިވްސްއިން ބުނެފިއެވެ.

ކުލަބް މޯލްޑިވްސް ކަޕް މިހާތަނަށް ބާއްވަމުން އައިސްފައިވަނީ މާލޭގެ ވެލި ދަނޑުގައެވެ.
18/30 ވުމެން ފުޓްސެއް ފިއެސްޓަރ ބާއްވަމުން އަންނަތާ މިހާރު ދިހަ އަހަރު ވެފައިވާއިރު، އެމުބާރާތްވެސް މިހާތަނަށް ކުޅެފައިވަނީ ވެލި ދަނޑުގައެވެ. މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށް މިއަހަރުގެ މުބާރާތް ކުޅެމުންދަނީ ހުޅުމާލެ ރެހެންދި ސްކޫލްއާއި އިންވެގެން އޮތް ފުޓްސެލް ދަނޑުގައެވެ.

ކުލަބް މޯލްޑިވްސްގެ ޖެނެރަން ސެކެޓްރީ އަހުމަދު ގާސިމް (އަހޫ)ބުނީ ކުލަބް މޯލްޑިވްސްގެ ފާއިތުވެގެންދިޔަ ދިގު ތާރީޙުގައި ވެލި ދަނޑުގައި މުބާރާތް ކުޅެފައި، މިއަހަރުގެ މުބާރާތް ޓާފްއަށް ބަދަލުކުރުމުން ޓީމްތަކުގެ ފެންވަރާއި ކުޅުންތެރިންގެ ހުނަރު ވަރަށް ބޮޑަށް ފެނިގެން ގޮސްފައިވާކަމަށެވެ. އަދި މީގެ ކުރިން އަހަރުތަކުގައި ވަރަށް ގިނަ ޓީމްތަކަށް ވެލި ދަނޑުގެ އުދަގުލާއި ވެއްޓިގެން އަނިޔާގެ މައްސަލަތަކާއިވެސް ކުރިމަތުލާން ޖެހި ބައެއް ،މޮޅު ޓީމްތަކައް މުބާރާތުންވެސް ކަޓާފައިވާކަމަށާއި އަނެއް ބައި ޓީމްތަކަށް މުބާރާތުގައި ކުރިއަށްދިއުމަށް ގިނަ ހުރަސްތަކާއި ކުރިމަތިލާންޖެހިފައިވީ ކަމަށެވެ.
ނަމަވެސް އެފަދަ މައްސަލަތަށް ހައްލުވެ މިއަހަރުގެ މުބާރާތަކީ މިހާތަނަށް ވަރަށް ކާމިޔާބު މުބާރާތެއްކަމަށާއި ޓީމްތަކުގެ ފެންވަރުވެސް އެހެން އަހަރުތަކާއި އަޅާބަލާއިރު ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައިވާކަމަށް ކުލަބް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ ބުންޏެވެ.

އަހޫ ބުނީ މިއަހަރު ހަމައެކަނި ދިމާވެފައިވާ މައްސަލައަކީ ސަޕޯޓަރުން މަދުވުމުގެ މައްސަލަކަމަށެވެ. މިހާތަނަށް މުބާރާތް މާލޭގައި ބާއްވަމުން އައިސް މިއަހަރު ހުޅުމާލެއަށް ބަދަލު ކުރުމުން ސަޕޯޓަރުން ތަންކޮޅެއް މަދުވެފައިވާކަމަށާއި ބޮޑަށް ބަލަނީ މުބާރާތުގެ ފޯރި ގަދަ ހިސާބުން ނުވަތަ ޓީމްތަށް ކަޓާހިސާބުން ސަޕޯޓަރުން އިތުރުވާނެކަމަށެވެ،