ކުޅިވަރު

ސިޓީ ކަޓުވާލާ ސްޕަރސް ސެމީއަށް


ދެ މެޗުގެ އެގްރީގޭޓުން ޓޮޓެންހަމް އަތުން މޮޅުނުވެވި ޗެމްޕިއަންސް ލީގުން ކެޓުމަކީ ހިތްދަތި ކަމެއް ނަމަވެސް ތިން ތައްޓަށް އަމާޒުހިފާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އޭނާ މިހެން ބުނިއިރު ޓޮޓެންހަމަކީ ޕްރެމިއާ ލީގު ތަށި ހޯދަން ސިޓީ ކުޅެން ޖެހޭ ފަހު ފަސް މެޗުގެ ތެރެއިން ކުރިމަތިލާންޖެހޭ އެންމެ ވަރުގަދަ ޓީމެވެ. މި މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ސިޓީގެ އަމިއްލަ ދަނޑުގައި އެ ޓީމު ރޭ މޮޅުވީ 4-3އިންނެވެ. ނަމަވެސް ޓޮޓެންހަމުގެ ދަނޑުގައި ކުޅުނު މެޗު 1-0އިން އެ ޓީމު ކާމިޔާބުކޮށްފައިވާތީވެ ޗެމްޕިއަންސް ލީގު ސެމީ އަށް ޓޮޓެމްހަމް ދިޔައީ އަވޭ ގޯލުގެ ތަފާތުންނެވެ. މި ދެ މެޗުން ކުރި ހޯދުމަށް ރޭ ގެ މެޗުގެ އިތުރު ވަގުތުގައި ރަހީމް ސްޓާލިން ގޯލެއް ވެސް ޖެހިއެވެ. ނަމަވެސް ވީއޭއާރުގެ ޒަރީއާއިން ރީޕްލޭ ބެލުމަށްފަހު ރެފްރީން ނިންމީ އެއީ ގޯލެއްނޫން ކަމަށެވެ.
.
ރޭގެ މެޗު ފުރަތަމަ 12 މިނިޓް ތެރޭގައި ކޮންމެ ޓީމަކުން ދެ ގޯލު ޖެހިއެވެ. ރަހީމް ސްޓާލިންގެ ގޯލަށް ފަހު ޓޮޓެންހަމުން ލީޑް ނެގީ ސަން ޖެހި ދެ ގޯލުންނެވެ. އޭގެ ފަހުން ސިޓީން އެއްވަރުކުރީ 12 ވަނަ މިނިޓްގައި ބެނާޑޯ ސިލްވާ ޖެހި ގޯލުންނެވެ.

ފަހު ހާފުގައި ސާޖިއޯ އަގުއެރޯ އާއި ސްޓާލިންގެ ގޯލުން ސިޓީ ކުރި ހޯދި ނަމަވެސް ސެމީ އަށް ދިއުމުގެ އުއްމީދުތައް ވިއްސި ވިހާލިވީ ޔޮރެންޓޭ ޖެހި ގޯލުންނެވެ.