ކުޅިވަރު

މަރަދޫ-ފޭދޫ ސްކޫލްގެ މައްޗަށް ޝަރަފުއްދީންއިން ފަސޭހަ މޮޅެއް ހޯދައިފި


މަމެން އައްޑޫ އިންޓަރ ސްކޫލު މުބާރާތުގައި 12 އަހަރުން ދަށުގެ އުމުރުފުރާގެ ދެވަނަ މެޗު ބޮޑު ތަފާތަކުން ޝަރަފުއްދީން ކާމިޔާބުކޮށްފިއެވެ. މަރަދޫ-ފޭދޫ ސްކޫލާއި ޝަރަފުއްދީން އިއްޔެ ހަވީރު ކުޅުނު މެޗުން ޝަރަފުއްދީން މޮޅުވީ 8-1 ނަތިޖާއަކުންނެވެ. މިމެޗުގެ ފުރަތަމަ ހާފުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޝަރަފުއްދީން ސްކޫލަށް ޖަހައިދިނީ އަހުމަދު ރައްޔާން މުހައްމަދުއެވެ. މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ ލަނޑު ޝަރަފުއްދީންގެ މުހައްމަދު ލޫތު އިބްރާހިމް އެޓީމަށް ކާމިޔާބު ކޮއްދިނެވެ. މެޗުގައި މަރަދޫ ފޭދޫ ސްކޫލުގެ ފަރާތުން ފެނިގެން ދިޔަ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ އެޓީމުގެ މުހައްމަދު ސާމިހް މަންސޫރްއެވެ. މި މެޗުގައި ޝަރަފުއްދީންގެ ލޫތު ވަނީ ހެޓްރިކް ހަދާފައެވެ. ޝަރަފުއްދީނުން ކައިރި ކައިރީ ގިނަ ލަނޑުތަކެއް މަރަދޫ ފޭދޫ ކޮޅަށް ޖަހަން ފެށުމުން އެޓީމުން ވަކި ހިސާބަކުން ކީޕަރުވެސް ވަނީ ބަދަލުކޮއްފައިއެވެ. މެޗަށް ފަހު ޕީއެސްއެމްއާއި ވާހަކަ ދައްކަމުން ޝަރަފުއްދީން ސްކޫލުގެ ކޯޗް ހަސަން ރަޝީދު ބުނީ، އެޓީމުން މެޗަށް އެރީ ގިނަ ލަނޑުތަކެއް ޖަހަން ނޫން ކަމަށެވެ. މީގެ އިތުރުން ޝަރަފުއްދީންގެ ކުޅުން ފުރަތަމަ މެޗާއި ބަލާއިރު ރަނގަޅުކަން ކޯޗު ފާހަގަ ކުރިއެވެ.
މެޗާއި މެދު މަރަދޫ ފޭދޫ ސްކޫލް ކޯޗް ބަދުރުއްދީން ނާސިރު ބުނީ، ކުރީގެ މެޗުތަކާއި އަޅާބަލާއިރު މި މެޗުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުން ރަނގަޅުކަމަށެވެ. އެގޮތުން ކުދިން ޓީމެއްގެ ގޮތުގައި ކުޅެން މަސައްކަތް ކުރިތަން ފުރަތަމަ ހާފުގައި ފެނިގެން ދިޔަ ކަން އޭނާ ފާހަގަކުރިއެވެ.
މި ނަތީޖާއާއި އެކު ޝަރަފުއްދީން ހިމެނޭ 'އޭ' ގްރޫޕުން ސެމީއަށް ދިއުމުގެ ފުރުސަތު ބޮޑު ކޮއްފައިވާއިރު ކުޅުނު ދެމެޗުން ވެސް މޮޅުވެގެން މި ގްރޫޕުގައި ކުރީގައި އުޅެނީ ހިތަދޫ ސްކޫލްއެވެ.