ސިއްހަތު

"ފުޑް ހޭންޑްލަސް މެޑިކަލް ޗެކަޕް" އދ އަތޮޅު ހޮސްޕިޓަލުގައި


އަތޮޅު ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް "ފުޑް ހޭންޑްލަސް މެޑިކަލް
ޗެކަޕް" އަރިއަތޮޅު ދެކުނުބުރީ އަތޮޅު ހޮސްޕިޓަލުގައި ތަޢާރަފްކޮށްފިއެވެ.
މިކަމަށްޓަކާ މަހިބަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަން
އިފްތިތާހްކޮށްދެއްވީ، ޑިރެކްޓަރ ޖެނަރަލް އޮފް ހެލްތު ސަރވިސް ޑރ. ޝީޒާ އަލީއެވެ.




ދުނިޔޭގެ ސިއްޙަތު ދުވަސް ފާހަގަކުރުމާއި، މަހިބަދޫގައި ހުންނަ އދ. އަތޮޅު
ހޮސްޕިޓަލުގެ 12 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެހޮސްޕިޓަލުން ބޭއްވި
ރަސްމިއްޔާތުގައި "ފުޑް ހޭންޑްލަސް މެޑިކަލް ޗެކަޕް"  މިޚިދުމަތް އިފްތިތިތާހް ކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން،
ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސް ޑރ. ޝީޒާ އަލީ ވިދާޅުވީ، މިފަދަ
ޚިދުމަތެއް އެ ހޮސްޕިޓަލުގައި ފެށިގެން ދިއުމަކީ ވަރަށްބޮޑު ކުރިއެރުމެއްކަމަށެވެ.
"ފުޑް ހޭންޑްލަސް މެޑިކަލް ޗެކަޕަކީ ކެއްކުމުގައި ހަރަކާތްތެރިވާ
ފަރާތްތަކަކީ، ސިއްޙީ ގޮތުން އެކަމަށް އެންމެ އެކަށީގެންވާ މީހުން ތޯ
ޔަގީންކުރުމުގެ ގޮތުން ކުރާ ޗެކަޕެކެވެ.



މި ރަސްމިއްޔާތުގައި އދ. އަތޮޅު ރަށްތަކުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ
މުވައްޒަފުުން ޚިދުމަތް ލިބިގަންނަން ދާ ފާރާތްތަކާ ހެޔޮގޮތުގައި
މުއާމަލާތުކުރުމާއި ޚިދުމަތްދިނުމުގައި ހިފަހައްޓަންޖެހޭ  އުސޫލުތަކާގުޅޭ ގޮތުން ސިވިލް ސަރވިސް
ޓްރެއިނިން އިންސްޓްޓިއުޓާ ގުޅިގެން ކުރިޔަށްގެންދިޔަ ޓްރެއިނިންގ ޕްރޮގްރާމްގެ
ސެޓްފިކެޓް ބައިވެރިނަށް ހަވާލުކޮށްދެއްވީ ސިވިސް ސަރވިސް ކޮމިޝަނުގެ އިސްވެރިންނެވެ.
ސިވިލްސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގި ޓްރެއިންިންގ ތަކާއި ކުރިޔަށް
ރާވާފައިވާ ޕްރޮގްރާމްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އިންސްޓްޓިއުޓްގެ
އެކްޓިންގ ސީ.އީ.އޯ ފާތިމަތު ހަބީބާ ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުން ޚިދުމަތް
ލިބިގަންނަ ފަރާތްތަކާއި މުޚާތަބުކުރުމުގައި ވަކި މިންގަޑެއް ހިފެހެއްޓުމަކީ
ކޮންމެ މުއައްސަސާއަކުންވެސް އިސްކަންދީގެން ކުރަންޖެހޭކަމެއް ކަމަށެވެ.



އދ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ އިބްރާހިމް އާދަމް ވިދާޅުވީ، އެހޮސްޕިޓަލުގެ
ޚިދުމަތް އެންމެ ރަނގަޅުފެންވަރެއްގައި ދިނުމަށް ތަފާތު މަސައްކަތް
ކުރަމުންދާކަމަށާއި، އެކަމުގައި ހޮސްޕިަޓަލުގެ މުވައްޒަފުންގެ
ހިއްސާފާހަގަކުރައްވާކަމަށެވެ. އަދި އެ ހޮސްޕިޓަލަކީ އަތޮޅުގެ އެހެންރަށްތަކާއި،
ރިޒޯޓްތަކުން ސިއްޚީ ޚިދުމަތް ހޯދާފަރާތްތަށް މާލެ ނުގޮސް ޚިދުމަތްދެވޭ ފެންވަރުގެ
ހޮސްޕިޓަލަކަށް ހެދުމަށް މަސައްކަތްކުރަމުންދާކަމުގައ އޭނާވިދާޅުވިއެވެ.



މިރަސްމިއްޔާތުގައި އދ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންގެ ޚިދުމަތުގެ
އަގުވަޒަންކުރުމުގެ ގޮތުން، އެ މުއައްޒަފުނަނަށް ސެޓްފިކެޓް ހަވާލުކުރުމާއި، އެ
ހޮސްޕިޓަލުގެ 12 ވަނަ އަހަރީ ފޮތް ނެރެދެއްވުމުގެ އިތުރުންން "ޓްރެއިނިންގ
އޮން ޑެލިވަރިންގ ދަ ފައިނޭންސް ކަސްޓަމަރ ސަރވިސް ޕްރޮގްރާމް" ހިންގުމުގައި
އެހީތެރިވެދން ފަރާތްތަކަށް ހަނދާނީފިލާ ދީފައިވެއެވެ.



ހެލްތް މިނިސްޓްރީގެ އިސބައެއްއްވެރިން މަހިބަދޫއަށް ކުރިދަތުރުގައި އދ.
އަތޮޅު ހޮސްޕިޓަލުގެ މިހާރުގެ 
ހާލަތުބައްލަވައި ރަނގަޅުކުރަންޖެހޭކަން ކަން ބައްލަވާފައިވާއިރު، އެ
ހޮސްޕިޓަލުގެ އިންފޮމޭޝަން ސިސްޓަމްވެސްވަނީ އިފްތިތާހް ކޮށްދެއްވާފައެވެ.