ވިޔަފާރި

މާލޭގައި ބާޓާ ފިހާރައެއް ހުޅުވައިފި


މަޝްހޫރު ބްރޭންޑެއް
ކަމަށްވާ ބާޓާގެ އުފެއްދުންތައް ވިއްކާ ފިހާރައެއް ރާއްޖޭގައި ހުޅުވައިފިއެވެ.މަޖީދީ މަގާއި މާވެޔޮ މަގު
ކަންމައްޗަކަށްވާގޮތަށް ކުރިން ސޮނީ ސްޕޯޓްސްގެ ފިހާރައެއް ހިންގި އިމާރާތުގައި
ހަދާފައިވާ މި ފިހާރަ އަކީ ރާއްޖޭގައި ކުޅިވަރު ސާމާނު ވިއްކާ ކުންފުނި، ސޮނީ
ސްޕޯޓްސްގެ ފަރާތުން ހުޅުވާފައިވާ ފިހާރައެކެވެ.ބާޓާ ފިހާރަ ހުޅުވުމަށް ރޭ
މަޖީދީ މަގުގައި ބޭއްވި ހަފްލާގައި ބާޓާ ފްރެންޗައިސްގެ އޮޕަރޭޝަންސް މެނޭޖަރު
އެންރީކޯ ބަލްޑޯ އާއި ސޮނީގެ ޑިރެކްޓަރު މުހައްމަދު ކަލީމާއި އަހުމަދު ކަލީމު ވެސް
ބައިވެރިވެފައިވެއެވެ.މިއަދުން
ފެށިގެން ޖޫން މަހުގެ ނިޔަލަށް އެ ފިހާރައިން ވިޔަފާރިކުރާ މީހުންގެ މެދުގައި ނެގޭ
ގުރުއަތަކުން ހޮވޭ ނަސީބުވެރިއަކަށް ދެ މީހުންގެ ސިންގަޕޫރު ދަތުރެއް ލިބޭނެ
ކަމަށް ސޮނީ ސްޕޯޓްސް އިން މައުލޫމާތުދެއެވެ. 
 ޔޫރަޕްގައި އުފެދުނު ބްރޭންޑެއް ކަމަށްވާ ބާޓާ ބްރޭންޑަށް ސަތޭކަ ވިހި އަހަރަށް
ވުރެ ގިނަ ދުވަސް ވެފައިވާ އިރު ދުނިޔޭގެ އެކި ހިސާބުތަކުގައި އެ ބްރޭންޑްގެ ފިހާރަތައް
ހުރެއެވެ.