ޚަބަރު

އާސަންދަ ބަލިކޮށް މޯލްޑިވިއަންސްއިން ދެވަނަ ބުރުގެ އުންމީދު އައުކޮށްފި



ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކްލަބް އާސަންދަ އާއި ވާދަކޮށް މޯލްޑިވިއަން މޮޅުވިއިރު އުރީދޫއަށް ޓްރޭޑް ކްލަބް ކައިރިން ބަލިނުވެ ސަލާމަތްވެއްޖެއެވެ.

މުބާރާތުގެ ގްރޫޕް އޭގައި ހިމެނޭ މޯލްޑިވިއަން އާސަންދަ ބަލިކުރީ ތިނެއް ދޭއްގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި މޯލްޑިވިއަންގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ ހުސައިން އަފްޒަލް އަދި މުހައްމަދު އަޖުފާންގެ އިތުރުން ހަމްޒާ މުހައްމަދެވެ. ކްލަބް އާސަންދައިން ޖެހި ދެ ލަނޑުވެސް އެޓީމަށް ޖަހައިދިނީ އިބްރާހިމް މައިސާންއެވެ.

މުބާރާތުގައި ރޭ އުރީދޫ ޓްރޭޑް ކްލަބުގެ މައްޗަށް ކުރިހޯދީ ހަތަރެއް ތިނެއްގެ ނަތީޖާއަކުންނެވެ. މި މެޗުގައި އުރީދޫގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ފާސިރު އަދި މުހައްމަދު ރިޝްފާންއެވެ. ޓްރޭޑް ކްލަބުގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ ޖުމައިލް ޖަމީލް އަދި އަލީ ޝަރީފްގެ އިތުރުން ހުސައިން އަހުސަމް މޫސާއެވެ.

މީގެ އިތުރުން ގްރޫޕް ސީގައި އެސްޓިއޯ ރެކްރިއޭޝަން ކްލަބާއި އެމްއެމްއޭ ސޯޝަލް ކްލަބް ބައްދަލުކުރި މެޗު ފަހެއް އެކެއްގެ ނަތީޖާއަކުން ކާމިޔާބުކުރީ އެސްޓިއޯއެވެ. މެޗުގައި އެސްޓީއޯގެ ލަނޑުތައް ޖަހައިދިނީ އިބްރާހިމް މާޒް، މުހައްމަދު އިސްމާއިލް، މުހައްމަދު އިމްރާން އަދި މުހައްމަދު ޝާހްއެވެ. އެމްއެމްއޭގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ މުހައްމަދު މާހިންއެވެ.

ރޭގެ ފަހު މެޗުގައި ޓީމް އެފްއެސްއެމް އާއި ޓީމް އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް ބައްދަލުކުރި މެޗު ކާމިޔާބުކުރީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑެވެ. އެޓީމުގެ ލަނޑުތައް ޖަހައިދިނީ ނާއިފް ޝަފީގް އަދި ޒަމަތް މުހައްމަދު ވަހީދެވެ. އެފްއެސްއެމްގެ ހަމައެކަނި ލަނޑު އެޓީމަށް ޖަހައިދިނީ އަލީ އިރުފާދްއެވެ.