ޚަބަރު

ލީގު ކާމިޔާބުކުރުމަށް ސިޓީ އާއި ލިވަޕޫލުންވެސް އެެއްވިސްނުމަކަށް


ޕްރެމިއާ ލީގު ކާމިޔާބު ކުރެވޭނީ ކުރިއަށްހުރި ހުރިހާ މެޗަކުން މޮޅުވެގެން ކަމަށް މެންޗެސްޓާ ސިޓީ އާއި ލިވަޕޫލްގެ ކޯޗުން ބުނެފިއެވެ.

ޓޭބަލުގެ އެއްވަނާގައި މިވަގުތު އޮތް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ކުރިއަށްއޮތް ފަސް މެޗުން ވެސް މޮޅުވާނެކަން އޭނާގެ ޓީމުން ގަބޫލުކުރާ ކަމަށެވެ. ކްލޮޕް ބުނީ ކުރިޔަށްހުރި ހުރިހާ މެޗަކުން ސިޓީ މޮޅުވާނެކަން އޭނާގެ ޓީމަށް ޔަގީންކަމަށާއި ނަމަވެސް ލިވަޕޫލުން ވިސްނާނީ އެމީހުން ކުޅެން ޖެހޭ މެޗަށްކަމަށެވެ.

ސިޓީގެ ކޯޗު ގާޑިއޯލާ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ލިވަޕޫލަށްވުރެ އިތުރަށް މެޗެއް އޮތުމެވެ. ނަމަވެސް އެ ޓީމަށް ގަދަ މެޗުތަކެއް އެބަހުއްޓެވެ. އެއީ މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.

ގާޑިއޯލާ ބުނީ ލީގު ކާމިޔާބުކުރަން ބޭނުންނަމަ ކުރިޔަށްހުރި ހުރިހާ މެޗެއް ކާމިޔާބުކުރަން މަޖުބުރޫ ކަމަށާއި، އެންމެ ޕޮއިންޓެއް ގެއްލުވާލިނަމަވެސް ތަށި ނުލިބޭނެކަމަށެވެ. އަދި ލިވަޕޫލް ހުރިހާ މެޗަކުން މޮޅުވާނެކަން އެނާއަށް ޔަގީންކަމަށްވެސް ގާޑިއޯލާ ބުންނެވެ.

ނަމަވެސް އޭނާ ބުނީ މި ސީޒަނުގައި އިނގިރޭސި ލީގު ކަޕާއި އެފްއޭކަޕް އަދި ޕްރެމިއާ ލީގާއި ޗެމްޕިއަންސް ލީގު އޭނާގެ ޓީމަށް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.