ޚަބަރު

މިއީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު އިންޓަ ސްކޫލް މުބާރާތް - ވީއޭއެމް



މިއަހަރުގެ އިންޓަރ ސްކޫލް ވޮލީ ބޯޅަ މުބާރާތަކީ މިހާތަނަށް ބޭއްވުނު އެންމެ ކާމިޔާބު އިންޓަރ ސްކޫލް ވޮލީ މުބާރާތްކަމަށް އެސޯސިއޭޝަންއިން ބުނެފިއެވެ.

އިންޓަރ ސްކޫލް ވޮލީ މުބާރާތް އިންތިޒާމް ކޮމެޓީގެ ރައީސް އިސްމާޢީލް ރިފާޢު ބުނީ މިފަހަރުގެ މުބާރާތް އެންމެ ކާމިޔާބު މުބާރާތަށްވަނީ މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ އަދަދާއި ޓީމްތަކުގެ ފެންވަރު މަތިވުންކަމަށް ރިފާޢު ބުންޏެވެ.

މިއަހަރުގެ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގައި 9 ރަށަކުން، 42 ޓީމާއެކު ޖުމްލަ 50 ޓީމް މުބާރާތުގައި ބައިވެރިވެފައިވެއެވެ. މުބާރާތް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އިސްމާޢިލް ރިފާޢު ބުނީ ގިނަ ޓީމްތަކެއް ލައިގެން މުބާރާތުގައި އެއްވެސް މައްސަލައެއް ނުޖެހި، މުބާރާތް ނިންމާލެވުމަކީވެސް ކާމިޔާބީއެއްކަމަށެވެ.

މުބާރާތް ކާމިޔާބުކަމާއެކު ނިންމާލެވުނުކަމަށް ވީނަމަވެސް އަތޮޅު ތެރޭގެ ޓީމްތަކާއި މާލޭގެ ޓީމްތަކާއެކު މުބާރާތް ކުރިއަށް ގެންދިއުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަމަށްވެސް ރިފާއު ބުންނެވެ. ގިނަ ޓީމްތަކެއް ލައިގެން މުބާރާތް ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ހުރިހާ ޓީމްތަކަށް ސޯސަލް ސެންޓަރު ފަރިތަކުރުމަށް ދިނުންކަމަށާއި އަތޮޅު ތެރޭގެ ޓީމްތަކަށް އެކޮމޮޓޭޝަން ހަމަޖެއްސުމަކީވެސް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް މުބާރާތް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އިސްމާޢީލް ރިފާޢު ބުންނެވެ.

ރާއްޖޭގައި ހުންނަ އެކޮމޮޓޭޝަން ބުލޮކްއަކީ ހުރިހާ ކުޅިވަރެއްގެ ކުދިން ބަހައްޓާތަނެއްކަމަށާއި އެހެންކަމުން ބައެއް ކުދިން ގޭގޭގައިވެސް ބަހައްޓަން ޖެހުނުކަމަށް ރިފާޢު ބުންޏެވެ. އަދި މިކަމުގުގައި ޓީމްތަކުން ކުރި މަސައްކަތަކާއި އެއްބާރުލުންވެސް ފާހަގަކޮށް ރިފާޢުބުނީ މުބާރާތް ކުރިއަށް ގެންދިއުމަށް ދިމާވި ދަތިތަކާއިއެކުވެސް ކާމިޔާބުކަމާއެކު މުބާރާތް ނިންމާލެވުމުން ހިންހަމަޖެހޭކަމަށެވެ.

އަދި މިފަހަރުގެ މުބާރާތުގައި މާލޭ ސްކޫލްތަށް ބަލިކޮށް އަތޮޅު ތެރޭގައި ސްކޫލްތަށް ގިނަ ކާމިޔާބީ ހޯދުން ވެގެންގޮސްފައިވަނީ އަތޮޅު ތެރޭގައި ވޮލީގެ ފޯރި އޮތް މިންވަރު ދައްކުވައިދިންކަމެއްކަމަށްވެސް ރިފާޢުބުންޏެވެ.