ޚަބަރު

ކުޅިވަރުގެ ވަސީލަތްތަށް މަރާމާތު ކުރުމަށް ބިޒްނަސް މޮޑެލްއެއް ބޭނުންވޭ - ޢަލީ ވަޙީދު


ކުޅިވަރުގެ ވަސީލަތްތަށް މަރާމާތު ކުރުމަށް ބިޒްނަސް މޮޑެލްއެއް ބޭނުންވާކަމަށް އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ނިމިގެންދިޔަ ކުޅިވަރު އޮޑިޓްއާއި ގުޅޭގޮތުން ޕީއެސްއެމްގެ ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގެ ކުޅިވަރުގެ ހާލަތު ދެނެގަތުމަށް ހެދި ކުޅިވަރު އޮޑިޓްއިން އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ ރާއްޖޭގައި އަޅާފައިވާ ގިނަ ކޯޓްތަކާއި ފުޓްސެލް ދަނޑުތަށް ހުރީ ބޭނުން ނުކުރެވޭ ނުވަތަ މަރާމާތު ކުރަންޖެހޭ ހާލަތުގައިކަމެވެ. ބޭނުން ކުރެވޭ ރަނގަޅު ހާލަތުގައި ހުރީ ވަރަށް މަދު ދަނޑެއްކަން ކުޅިވަރު އޮޑިޓްއިން ފާހަގަކުރެވިފައިވެއެވެ.

ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު މިހާރު އޮތީ ވަރަށް ބޮޑަށް އަޑިއަޅާލާފައިކަމަށާއި މިކަމުގައި ވަރަށް ގިނަ ފަރާތްތަކެއް ޒިންމާވާން ޖެހޭކަމަށެވެ. ކުޅިވަރު އޮޑިޓްއިން އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ އެއްކޮށް ހަލާކުވެފަ ނުވަތަ މަރާމާތު ކުރަންޖެހިފައިވާތަންކަމަށާއި މިއީ ރައްޔިތުންގެ ފައިސާއިން އަބަދު ކުރެވޭނެކަމެއް ނޫންކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ރަށްރަށުގައި އަޅާފައިވާ ފުޓްސެލް ދަނޑުތަކާއި ކޯޓްތަށް މަރާމާތު ކުރުމަށް ބިޒްނަސް މޮޑެލްއެއް ބޭނުންވާކަމަށާއި ސަރުކާރާއި ނުޖައްސާ މިފަދަ ކަންތަށްތަށް ކުރެވެންޖެހޭނެކަމަށް އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

"މިހާރު މިހުންނަ ޔޫތް ސެންޓަރުތަށް އެބަޖެހޭ އިޖްތިމާޢީ މަރުކަޒުތަކަށް ބަދަލް ކުރަން. ދުނިޔޭގެ އެހެންތަންތާގައި މިފަދަ ފުޓްސެލް ދަނޑުތަށް ހުންނަނީ ކޮންމެވެސް ކޮމިއުޓީ ސެންޓަރެއްގެ ތެރޭގައި. އެތަނުގައި ކެފޭއެއް ހުނާނެ އެހެން ކުޅިވަރު ކުޅެވޭ ގޮތަށްވެސް ހުންނާނެ. އޭރުން އެކެފޭގެ މީހުން އެކޯޓްތަށް މަރާމާރު ކުރާނީވެސް. ސަރުކާރުން ނުޖެހޭނެ އޭރުން ރައްޔިތުންގެ ފައިސާއިން އަބަދު ދަނޑުތަށް ކޯޓްތަށް މަރާމާތު ކުރާކަށް. ރާއްޖޭގައި މިހާރު މިކަންތަށްތަށް ކުރާ ގޮތް އެބަޖެހޭ ބަދަލް ކުރަން. ބިޒަސް މޮޑެލްއަކަށް އަބަޖެހޭ ހުރިހާ ދަނޑުތަށް ކޯޓްތަށް ބަދަލް ކުރަން." މިނިސްޓަރ އަލީ ވަހީދު ބުންޏެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގެ ސަހަރާއާއި ވީ ފަޅީގެ ސިޑިބަރި މިހާރުވަނީ ބަންދުކޮށްފައެވެ. އެސިޑިބަރި ބަންދުކުރީ ޕްލެނިން މިނިސްޓްރީން އެސިޑިބަރިއަކީ ބޭނުން ކުރެވޭ ހާލަތުގައި ހުރި ތަނެއް ނޫންކަމަށް ބުނުމުންނެވެ.