ފުލުހުންގެ އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުންކުރުމުގެ ހުއްދަ ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންނަށް ދެއްވައިފިއެވެ.ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރާ މަސައްކަތުގައި ބޭނުންކުރުމަށް ރާއްޖެ ގެނެސްފައިވާ ކުއްތާތައް ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރުމުގެ ހުއްދަ ހޯމް މިނިސްޓަރު އުމަރު ނަސީރު ދެއްވާފައިވާކަމަށް. އެހެންކަމުން މިއަދުން ފެށިގެން ފުލުހުންގެ ބައެއް އޮޕަރޭޝަންތަކުގައި ކުއްތާތައް ބޭނުންކުރާނެކަމަށް ފުލުހުން މައުލޫމާތުދެއެވެ.މަސްތުވާތަކެތި އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް ސޯޅަކުއްތާއެއް ރާއްޖެ ވަނީ ގެނެސްފައެވެ.