ޚަބަރު

އަތޮޅުތަކުގެ ޑޮކްޓަރުން، ނަރުހުން، ޓީޗަރުންނަށް ލޯނު ސްކީމެއް


މިމަހުގެތެރޭގައި ހުޅުވާލާ ލޯން ސްކީމްގެ ދަށުން، އަތޮޅު ތެރޭގެ ރަށްތަކުގައި
މަސައްކަތްކުރަން ބޭނުންވާ ޑޮކްޓަރުންނާއި، ނަރުހުންނާއި،
ޓީޗަރުނަށް، އިސްކަން
ދެއްވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.



އެމްބީސީގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ތައުލީމީ ދާއިރާގެ ލޯން ސްކީމާއި
ގުޅޭ ގޮތުން މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ނައިބް އަޒްލީން
އަހްމަދު ވިދާޅުވީ، ޑިގްރީއާ މާސްޓާސް ފެންވަރަށް ކިޔަވަން ބޭނުންވާ ދާއިރާތަކަށް
މީހުން ތަމްރީނުކުރުމަކީ ސަރުކާރުގެ އަމާޒްކަމަށާއި، ރަށްރަށުން މާލެ އައިސް
މާލޭގައި ހުރެގެން ކިޔަވާ ކުދިންނަށް އެހެނިހެން އިނާޔަތްތަށްވެސް ދެއްވާނަކަމަށެވެ.



އޭލެވެލްގެ ތިން މާއްދާއިން "ސީ" އަށްވުރެ މަތީން ނަތީޖާ ހޯދާ
ކޮންމެ ކުއްޖަކަށް މަތީތައުލީމު ހޯދާއިދިނުމުގެ ވައުދުގެ ދަށުން، އަހަރު
ފެށޭއިރުއާއި، ނިމޭއިރު މަތީތައުލީމު ހާސިލު ކުރަން ބޭނުންވާ ދަރިވަރުނަށް ދޫކުރާ
މި ލޯން ސްކީމްގެ ދަށުން ޑިޕްލޮމާ، ޑިގްރީ، މާސްޓަސް
ފެންވަރަށް ކިޔެވުމުގެ ފުރުސަތުދެކެކަމަށް އަޒްލީން ވިދާޅުވިއެވެ.



11 ދާއިރާއަކުން މަތީތައުލީމް ހާސިްލް ކުރުމުގެފުރުސަތު ހުޅުވިފައިވަނީ، ޖުމްލަ
375 ފުރުސަތު މިފަހަރު ރާއްޖެއަށް 189 ފުރުސަތު ހުޅުވާލާއިރު، ރާއްޖެއިން ބޭރަށް
126 ފުރުސަތު، އަދި ކިޔަވަމުންދާ ކުދިންގެ
ތެރެއިން އެކި ގޮތްގޮތުން އެހީތެރިކަން ބޭނުންވާ ދަރިވަރުނަނަށް 60 ފުރުސަތު ހުޅުވާލާނެއެވެ.




އެޑިއުކޭޝަން މިނިސްޓްރީން ބުނީ،ޕްލޭނެއް 
އޮވެގެން މަތީފެންވަރުގެ ކޯސްތައް ހަދަން ބޭނުންވާ ދަރިވަރުން  އެއް މަރުހަލާނިމި އަނެެއް މަރުހަލާ
ނިމެންވާއިރަށް 2 އަހަރުގެ މުއްދަތަކަށް ސަރުކާރަށް ޚިދުމަތްކުރަން ޖެހޭ ގޮތަށް މަތީތައުލީމު
ހާސިްލކުރުމަށް ލޯންއެހީގެ ފުރުސަތުދެއްވާނެ ކަމަށެވެ.



މިފަދަ ލޯން ސްކީމްތަކުގެ ދަސުން ލޯން ދޫކުރެވޭނީ، ރާއްޖެއިން ބޭރުގައި ނަމަ
އެމް.ކިއު.އޭއިން ގަބޫލުކުރާ ޔުނިވަރސިޓީތަކުގެ ޕްލޭސްމެންޓް ހުށަހެޅުމުން ފުރުސަތުދެވޭނެކަމަށާއި،
ލޯންދޫކުރުމުގައިރާއްޖެއާއި ބޭރުގެ ގައުމުތަކަށްވެސް ކަނޑައަޅުއްވާފައިވަނީ، އެއް
އަދަދެއްކަމަށް އެމިނިސްޓްރީން ބުނެއެވެ.