ޚަބަރު

ކުލަބް ޓީނޭޖް ބަލިކުރުމަށްފަހު މާލެ ސިޓީގެ ކޮލިފައިން ފުރަތަމަ ދުވަހުގެ ޗެންޕިއަންކަން ޕާކިއަންސް ހޯދައިފި


ނޭމާ ޖޫނިއަރ 5ގެ ފާއިތުވެދިޔަ 2 އަހަރުގެ ޗެންޕިއަން ކުލަބް ޓީނޭޖް ބަލިކުރުމަށްފަހު ރެޑްބުލް ވިނިންގ ފައިވްގެ މާލެ ސިޓީގެ ކޮލިފައިން ފުރަތަމަ ދުވަހުގެ ޗެންޕިއަންކަން ޕާކިއަންސް ހޯދައިފިއެވެ.
8 ދުވަހަށް މާލެ ސީޓީގެ ކޮލިފައިން މެޗްތަށް ކުރިއަށްދާއިރު، މިހާރު ވަނީ ތިން ކޮލިފައިންތަށް ކުރިއަށް ގެންގޮސް ތިން ޗެންޕިއަން ޓީމް ކަށަވަރުވެފައެވެ.
މާލެ ސިޓީގެ ކޮލިފައިން ފުރަތަމަ ދުވަހުގެ ޗެންޕިއަންކަން ޕާކިއަންސް ހޯދާފައިވަނީ ކުލަބް ޓީނޭޖްއާއި ވާދަކޮށް އެއް ލަނޑު ސުން ލަނޑުންނެވެ. ފުރަތަމަ ދުވަހުގެ ކޮލިފައިންގައި 15 ޓީމް ބައިވެރިވެ، 24 މެޗް ކުޅެފައިވޭ. މާލެ ސިޓީގެ ކޮލިފައިން ދެވަނަ ދުވަހުގެ ޗެންޕިއަންކަން ހޯދާފައިވަނީ ޔޫއެން ފްރެންޑެސްއެވެ. ޔޫއެން ފްރެންޑްސް ދެވަނަ ދުވަހުގެ ކޮލިފައިންގެ ޗެންޕިއަންކަން ހޯދާފައިވަނީ ޓީމް ޑީއެފްއާއި ވާދަކޮށް 5 ލަނޑު 0 ލަނޑުންނެވެ.
ދެވަނަ ދުވަހުގެ ކޮލިފައިންގައި 16 ޓީމް ވާދަކޮށް، 27 މެޗް ކުޅެފައިވޭ. މާލެ ސިޓީގެ ކޮލިފައިން ތިންވަނަ ދުވަހުގެ ޗެންޕިއަންކަން ހޯދާފައިވަނީ އެފްސީ ލެވެލްއެވެ. އެފްސީ ލެވެލް ޗެންޕިއަންކަން ހޯދާފައިވަނީ އައި ވޭވް އާއި ވާދަކޮށް އެއް ލަނޑު ސުން ލަނޑުންނެވެ. ކޮލިފައިންގެ ތިން ދުވަހުގެ ކުޅުން ނިމިފައިވާއިރު، ޗެންޕިއަންކަން ހޯދާފައިވަނީ ޕާކިއަންސް، ޔޫއެން ފްރެންޑް އަދި އެފްސީ ލެވެލްއެވެ.

ރެޑްބުލް ވިނިންގ ފައިވްގެ އިހަވަންދޫ ކޮލިފައިންގެ ޗެންޕިއަންކަން ހޯދާފައިވަނީ އަޅި ބުރޯއެވެ. އިހަވަންދޫ ކޮލިފައިންގެ ޗެންޕިއަންކަން އަޅި ބުރޯ ހޯދާފައިވަނީ ހުސްނުވާނެ އެފްސީއާއި ވާދަކޮށް 2 ލަނޑު ސުން ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ. އިހަވަންދޫ ކޮލިފައިންގައި 16 ޓީމް ވާދަކޮށްފައިވާއިރު 27 މެޗް ކުޅެފައިވެއެވެ. މިދިޔަ 2 އަހަރު މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ނޭމާ ޖޫނިއާސް ފައިވްގެ ނަމުގައެވެ. ފުޓްސެލް އަދި ފުޓްބޯޅަ ކުޅޭ ކުދިންގެ މެދުގައި މިމުބާރާތަކީ ކޮންމެ އަހަރަކުވެސް ވަރަށް ފޯރިއާއެކު ކުރިއަށްދާ މުބާރާތެކެވެ. މެޗެއް 10 މިނެޓްއަށް ކުޅޭ މިމުބާރާތުގައި ކޮންމެ ޓީމްއެއްގައި ތިބޭނީ 5 ކުޅުންތެރިންނެވެ. އަދި ކޮންމެ ގޯލްއަކާއިއެކު އިދިކޮޅުން ކުޅޭ ޓީމްގެ އެއް ކުޅުންތެރިއަކު ދަނޑުން ފައިބަން ޖެހޭނެއެވެ. ޗެމްޕިއަންކަން ހޯދާ ޓީމުތަކުގެ މެދުގައި ކުޅެވޭ ފައިނަލް ރައުންޑްގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 21ވަނަ ދުވަހު ހުޅުމާލެ ޔޫތު ޕާކުގައެވެ.