ސިޔާސީ

ސަރުކާރު ބަލިކުރާނެކަމަށް އަލީ ވަހީދު ވިދާޅުވެއްޖެ


މިއަން މޭމަހުގެ އެއްވަނަ ދުވަހު ސަރުކާރު އިދިކޮޅު
ޕާޓީތަކާއެކު އެއްމޭޒު ދޮށަށް ގެންނަވަރުގެ ބޮޑު އެއްވުމެއް ބާއްވާނެކަމަށް
އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.



ރޭ އިދިކޮޅު އެމްޑީޕީއާއި އަދާލަތު ޕާޓީ ގުޅިގެން ބޭއްވި
އެއްވުމެއްގައި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވީ އިދިކޮޅު
ފަރާތްތަކުން އިއްވާ އަޑު ސަރުކާރަށް އަހަން މަޖްބޫރުވާނެކަމަށާއި ހަތާވީސް
ފެބްރުއަރީގައި މުޒާހަރާކުރުމަށް މާލެއަށް މީހުން އެއްވިގޮތަށް ރަށްރަށުން މީހުން
މާލެއަށް މޭ އެއްވަނަ ދުވަހު އެއްވުމަށް އޭނާ ގޮވާލެއްވިއެވެ.



މިއެއްވުމުގައި ވާހަކަދެއްކެވި އެމްޑީޕީގެ ޗެއަރޕާސަން އަލީ
ވަހީދު ވިދާޅުވީ ސަރުކާރާއި ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ކުޅެމުންދާ 50 އޯވަރުގެ
ކްރިކެޓް މެޗްގެ ތިރީސް އޯވަރ މިހާރު އުކައި ނިމިއްޖެކަމަށާއި ސަރުކާރު
ބަލިކުރާނެކަމަށް އޭނާ ވިދާޅުވިއވެ. އަލީ ވަހީދު ވިދާޅުވީ މިއީ އިދިކޮޅު ފަރާތްތަކުން
ކުރާ އުނދަގޫ ދިގުދަތުރެއްކަމަށެވެ.