ސިޔާސީ

މަލިކަށް އަތްގަދަކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅެން - ސަރުކާރު


ދިވެހިރާއްޖެއިން މަލިކަށް އަތްގަދަކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު، އިބްރާހިމް ހޫދު ކުރެއްވި ޓުއިޓެއްގައި ވިދާޅުވީ، މަލިކަށް އަތްގަދަކޮށް މަލިކަކީ، ރާއްޖޭގެ ބައެއްކަމުގައި ހެދުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށެވެ. ސަރުކާރުން މިހެން ވިދާޅުވެފައި މިވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ކާށިދޫ ދާއިރާއަށް އިންތިިޚާބުވެފައިވާ ޢަބްދުﷲ ޖާބިރު މަލިކާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކަކާއި ގުޅިގެންނެވެ. ޙޫދު ވިދާޅުވީ މަލިކާއި ގުޅޭގޮތުން ޖާބިރު ވިދާޅުވި ވާހަކަފުޅުތަކަކީ އެމަނިކުފާނުގެ އަމިއްލަ ޚިޔާލުތަކެއް ކަމަށެވެ.


ކ ކާށިދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގަތް އަބްދުﷲ ޖާބިރުގެ ވަޢުދުތަކަކީވެސް އާންމުންގެ ބޮޑު ސަމާލުކަމެއް ދަމައިގަތްކަމެކެވެ. އެގޮތުން ރާއްޖޭގައި އަލަށް ކޭބަލް ކާރުގެ ޚިދުމަތްފަށާ، ކާށިދޫ ދާއިރާއަށް ގިނަ ތަރައްޤީތަކެއް ގެނެސްދެއްވާނެކަމަށް ޖާބިރުވަނީ ވަޢުދުވެވަޑައިގެންފައެވެ.