ޚަބަރު

މިސުރާއި ކޮންގޯ އެއް ގްރޫޕަކަށް


އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގައި މިސުރާއި ކޮންގޯ އެއް ގްރޫޕެއްގައި ހިމެނިއްޖެ އެވެ.
މުބާރާތް ބާއްވާ ގައުމު މިސުރާއެކު ގްރޫޕް އޭގައި ދެން ހިމެނެނީ ޒިމްބާބުވޭ އާއި ޔުގެންޑާ އެވެ.

ގްރޫޕް ބީގައި ހިމެނެނީ ނައިޖީރިއާ އާއި ގިނީ އަދި ބުރުންޑީ އާއި މަޑަގަސްކަރަ އެވެ. ސީ ގްރޫޕުގައި ހިމެނެނީ ސެނަގާލް އާއި އަލްޖީރިއާ އަދި ކެންޔާ އާއި ޓެންޒޭނިއާ އެވެ. މިއީ ނިސްބަތުން ވަރުގަދަ އަދި ފޯރިގަދަ ގްރޫޕަކަށްވާނެ އެވެ.

މިސުރުގެ ޕީޒާގައި ރޭ ގުރުނެގިއިރު މޮރޮކޯ އާއި އައިވަރީ ކޯސްޓް އަދި ސައުތު އެފްރިކާ އާއި ނެމީބިއާ ހިމެނުނީ ގްރޫޕް ޑީގަ އެވެ. ޓިއުނީޝިޔާ އާއި މާލީ އަދި މައުރީޓާނިއާ
އާއި އެންގޯލާ އެއް ގްރޫޕެއްގައި ހިމެނޭއިރު އެންމެ ފަހުގެ ޗެމްޕިއަން ކެމަރޫނާއި ގާނާ އަދި ބެނިން ހިމެނެނީ އެފްގަ އެވެ.

ޖޫން 21 އިން ޖުލައި 19 އަށް ކުރިއަށްދާ އެފްރިކާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއްވާނީ ޔޫރަޕުގެ ކުލަބުތަކަށެވެ. އެއީ ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރަންޖެހޭތީ އެވެ.