ޚަބަރު

އެސޯސިއޭޝަންތަކުގެ އިސްވެރިންގެ ސިޔާސީ ފިކުރަކަށް ނުބަލާނަށް - އަލީ ވަހީދު


ސިޔާސީ ގޮތުން ހިޔާލު ތަފާތުވެގެން އެއްވެސް އެސޯސިއޭޝަންއެއްގެ ހިންގާ ކޮމެޓީ ބަދަލު ނުކުރާނެކަމަށް އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމްއިން ގެނެސްދިން ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރީގެ ސަރުކާރުންވަނީ ވެރިކަމަށް އައިސް ހުރިހާ ކުޅިވަރު އެސޯސިއޭޝަންގެ އިސްވެރިން ބަދަލްކޮށްފައެވެ. ގިނަ އެސޯސިއޭޝަންތަކުގެ މަގާމްތަކަށް އިންތިހާބު ކޮށްފައިވަނީ މި ނިގެންދިޔަ ސަރުކާރަށް ތާއީދު ކުރާ ގިނަ ފަރާތްތަކެކެވެ. ބައެއް އެސޯސިއޭޝަންގެ އިސްވެރިންވަނީ ކުރީގެ ސަރުކާރުގެ ސިޔާސީ ހަރަކާތްތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެފައެވެ.

އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިސަރުކާރުން ކުޅިވަރު އެއްވެސް ވަރަކަށް ސިޔާސީ ނުކުރާނެކަމަށެވެ. އެއްވެސް އެސޯސިއޭޝަންއެއްގެ ވެރިއެއް ނުވަތަ އެކްސްކޯ މެންބަރެއް ސިޔާސީވެގެން އުޅޭނަމަ، އެފަރާތަކާއި އެންމެ ފުރަތަމަ ފިޔަވަޅު އަޅާނީ މިނިސްޓްރީން ކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.
މި ސަރުކާރުން ކުޅިވަރަށް ވަރަށް ބޮޑު ކުރިއަރުވަން މަސައްކުރާއިރު، ކުޅިވަރު ސިޔާސީކޮށްގެން އެއްވެސް ބަޔަކަށް އެއްވެސް ކަމެއް ހާސިލް ނުވާނެކަމަށާއި ކުޅިވަރު ސިޔާސީކޮށްގެން ގެއްލުންވާނީ ކުޅިވަރަށްކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއަދުގެ ސަރުކާރުން ބޭނުންވަނީ ކޮންމެ ކުޅިވަރެއްވެސް ކުރިއަރުވާ، މެޑަލް ހޯދުމަށް ތައްޔާރުކުރަންކަމަށެވެ. އަދި އެއްވެސް ކުޅިވަރެއްގެ އިސްވެރިއެއް ބަދަލްކޮށް ސަރުކާރުން ބޭނުންވާގޮތަށް ކަންތަށްތަށް ކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށްވެސް އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

"މިސަރުކާރަކީ ވަރަށް ކުޅިވަރަށް ލޯބިކުރާ ސަރުކާރެއް. މިސަރުކާރުން ލޯބި ކުރާނީ ކުޅިވަރަށް ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިންނަކަށްނޫން. މިސާލަކަށް ބުނާނަމަ ވޮލީ އެސޯސިއޭޝަންގެ ލަތީފްއަކީ ސިޔާސީ ގޮތުން އަޅުގަނޑުމެންނާއި އެއްބައެއް ބޫން. ނަމަވެސް ލަތީފް ވޮލީ ކުރިއަރުވަން ކުރާ މަސައްކަތަށް އަޅުގަނޑު ބަލައިގަންނަން. އެސީސިއޭޝަންތަށް ހިގަންޔާ އަޅުގަނޑުމެންނަށް ނިމުނީ. މިސަރުކާރަށްވެސް ރަގަނޅީ ނޫންތަށް ކުޅިވަރުތަށް ހިގަންޏާ. އަޅުގަނޑުމެން ނުބަލާނަން އެސޯސިއޭޝަންގެ ރައީސްއަކީ ކޮން ސިޔާސީ ފިކުރެއްގެ ބޭފުޅެއްތޯ." އެކްޓިން ޔޫތް މިނިސްޓަރ އަލީ ވަހީދު ބުނެންޏެވެ.