ޚަބަރު

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ވައިޓު އެލަރޓް ނެރެފި


ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާކުރެވޭތީ ދެކުނުގެ އަތޮޅުތަކަށް ވައިޓު އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، ރާއްޖޭގެ ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭކަމަށެވެ. އެ އިދާރާއިން ވައިޓް އެލަރޓް ނެރެފައިވަނީ ހުވަދު އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށެވެ. މި ސަރަހައްދުތަކަށް ވައިޓް އެލަރޓް ނެރެފައިވަނީ މިއަދު ހެދުނު 8:30 އިން ފެށިގެން މެންދުރު ފަހު 1:30އާ ހަމައަށެވެ.

ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވި ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކުގެ މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެެއެވެ. އަދި މިއަދު ވައިޖެހޭނީ ހުޅަގު އުތުރާއި، އުތުރުން ގަޑިޔަކު 3 މޭލާއި 10 މޭލާ ދެމެދު ބާރުމިނެއްގާކަމަށާއި ރާއްޖޭގެ ކަޑުތައްވެސް އާދައިގެ ވަރަކަށް މަޑުވާނެކަމަށް މޫސުމާބެހޭ އިދާރާއިން މަޢުލޫމާތުދެއްވައެވެ.