ޚަބަރު

ޑިއެގޯ ކޯސްޓާ އަށްމެޗަށް ސަސްޕެންޑް ކޮށްފި



ބާސެލޯނާ އަތުން ބަލިވި މެޗްގައި ރަތްކާޑު ދެއްކި އެތްލެޓިކޯ މެޑްރިޑްގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އަށް މެޗަށް ސަސްޕެންޑްކޮށްފިއެވެ.

މި ސަސްޕެންޝަނާއިއެކު ދެން ކޮސްޓާއަށް މި ސީޒަންގައި ނުކުޅެވޭނެއެވެ. ހޮނިހިރު ދުވަހު ބާސެލޯނާ އަތުން ބަލިވި މެޗްގައި ކޮސްޓާއަށް ރަތްކާޑު ދައްކާފައިވަނީ މެޗްގެ 28 ވަނަ މިނެޓްގައި ރެފްރީއާ ދިމާއަށް ބޭއަދަބީ ބަހުން ވާހަކަދައްކައި ރެފްރީގެ ގައިގައި އަތްލާ ހަމަނުޖެހުން އުފައްދަން މަސައްކަތްކުރުމުންނެވެ.

ކޮސްޓާވަނީ އޭނާ ރެފްރީއާ ދިމާއަށް ބޭއަދަބީބަސް ބޭނުންކޮށްފައިވާކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. ސީޒަންގައި ބާކީ ހަތް މެޗް އޮތް އިރު ކޮސްޓާގެ ސަސްޕެންޝަނަށް އެޕީލްކުރުމުގެ ފުރުސަތު އެތްލެޓިކޯއަށް އޮންނާނެއެވެ.

ލަލީގާ ތާވަލުގައ އެތްލެޓިކޯ އޮތީ އެއްވަނައިގަ އޮތް ބާސެލޯނާއަށް ވުރެ އެގާރަ ޕޮއިންޓް ފަހަތުގަ ތާވަލްގެ ދެވަނައިގައެވެ.