ޚަބަރު

ރެޑްބުލް ވިނިންގ ފައިވްގެ މާލެ ސިޓީގެ ކޮލިފައިން ފަށައިފި


ރެޑްބުލް ވިނިންގ ފައިވްގެ މާލެ ސިޓީގެ ކޮލިފައިން މެޗުތައް ފަށައިފިއެވެ.

ރެޑްބުލް ވިނިންގ ފައިވް މުބާރާތް މިއަހަރު މުޅި ރާއްޖޭގައިވެސް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިއަހަރުގެ ފުރަތަމަ ކޮލިފައިން މެޗުތައް މާލޭގައި ކުރިއަށްދާއިރު، ކޮލިފައިން ރައުންޑްގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސްވަނީ ހުޅުވާލެވިފައެވެ. މިހަތަނަށް 103 ޓީމް ބައިވެރިވެފައިވާއިރު، މިއަށްވުރެއް ގިނަ ޓީމްތަށް ބައިވެރިވާނެކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މަޢުލުމާތުދެއެވެ.

މޭލެ ސިޓީގެ ކޮލިފައިން މެޗުތައް މަދަމާއާއި ހަމައަށް ކުރިއަށްދާނެއެވެ. މާލޭ ކޮލިފައިންގެ ފުރަތަމަ ރޭގައި އެކަނިވެސްވަނީ 24 މެޗްވަނީ ކުޅެފައެވެ. ކޮލިފައިންގައި ބައިވެރިވުމުގެ ދޮރު ހުޅުވިފައިވާއިރު، ރޭގައިވަނީ 15 ޓީމް ވާދަކޮށްފައެވެ.

މިދިޔަ ދެ އަހަރު މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ނޭމާ ޖޫނިއާސް ފައިވްގެ ނަމުގައެވެ. ފުޓްސެލް އަދި ފުޓްބޯޅަ ކުޅޭ ކުދިންގެ މެދުގައި މިމުބާރާތަކީ ކޮންމެ އަހަރަކުވެސް ވަރަށް ފޯރިއާއެކު ކުރިއަށްދާ މުބާރާތެކެވެ. މެޗެއް 10 މިނެޓްއަށް ކުޅޭ މިމުބާރާތުގައި ކޮންމެ ޓީމްއެއްގައި ތިބޭނީ 5 ކުޅުންތެރިންނެވެ. އަދި ކޮންމެ ގޯލްއަކާއިއެކު އިދިކޮޅުން ކުޅޭ ޓީމްގެ އެއް ކުޅުންތެރިއަކު ދަނޑުން ފައިބަން ޖެހޭނެއެވެ.

މިކޮލިފައިންގައި މާލޭ ސަރަހައްދުގެ މެޗްތަކުން ފަށާފައިވާއިރު އަތޮޅުތެރޭގައި ކޮލިފައިން މެޗުތައް ކުޅޭނީ ހއ. އިހަވަންދޫ، އައްޑޫ ސިޓީ (ފޭދޫ)، ގދ. ތިނަދޫ، ފުވައްމުލަކު ސިޓީ، ހއ.ހޯރަފުށި، ވިލިމާލެ، ލ.ގަން، ތ.ހިރިލަންދޫ ހދ.ކުޅުދުއްފުށި، ހދ.ހަނިމާދޫ އަދި ބ.އޭދަފުށީގެ އިތުރުން ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓްގައެވެ.

މި ސަރަހައްދުތަކުން ޗެމްޕިއަންކަން ހޯދާ ޓީމުތަކުގެ މެދުގައި ކުޅެވޭ ފައިނަލް ރައުންޑްގެ މެޗްތަށް ކުޅުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 21ވަނަ ދުވަހު ހުޅުމާލެ ޔޫތު ޕާކުގައެވެ.